Roadha Mihaaru
އުރުގުއޭ ކަޓައިފި، ސުއަރޭޒް ރަތަށް!

އުރުގުއޭ ކަޓައިފި، ސުއަރޭޒް ރަތަށް!

10 ޖޫން 2016

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 10) - ވެނެޒުއޭލާ އަތުން 1-0 އިން ބަލިވެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓިއިރު އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް މެޗުން ފުރުސަތު ނުލިބުމުން ބެންޗުގައި ހުރެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ފިލަޑެލްފިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 10) - ވެނެޒުއޭލާ އަތުން 1-0 އިން ބަލިވެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން އުރުގުއޭ ކެޓިއިރު އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް އަށް މެޗުން ފުރުސަތު ނުލިބުމުން ބެންޗުގައި ހުރެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރޮންޑޮންގެ ލަނޑާ އެކު ވެނެޒުއޭލާ މޮޅުވެ ކުއާޓާ އަށް ދިޔައީ ހަ ޕޮއިންޓާ އެކު ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެއް ވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދިޔައީ ރޭ ޖެމެއިކާ އަތުން 2-0 އިން މޮޅުވި މެކްސިކޯ އެވެ. ގްރޫޕް ސްޓޭޖުން ކަޓާފައިވާ އުރުގުއޭ އާއި ޖެމެއިކާއަށް ޕޮއިންޓެއް ނުލިބެ އެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ މެޗު ވެސް ގެއްލުނު ސުއަރޭޒް ރޭގެ މެޗަށް ވެސް ނާރާނެ ކަމަށް ބުނުމުން އޭނާ ވަރަށް ބޮޑަށް ރުޅިގަދަވެ ދަނޑަށް ބޫޓެއް ވެސް އެއްލި އެވެ. ފުރަތަމަ 11 ގައި ނުވަތަ ބަދަލު ކުޅުންތެރިންގެ ލިސްޓުގައި ޖަހާފައި ނެތް ނަމަވެސް ދެ ވަނަ ހާފުގައި އޭނާ ވޯމްއަޕް ކުރި މަންޒަރު ވަނީ ފެނިފަ އެވެ.

އުރުގުއޭގެ ކޯޗު އޮސްކާ ޓަބަރޭޒް ބުނީ ފިޓް ނޫން ކުޅުންތެރިޔަކަށް ފުރުސަތު ނުދޭނެ ކަމަށާއި ސުއަރޭޒް ހިތްހަމަނުޖެހިގެން އުޅުނު ކަމެއް އޭނާ އަށް ނޭގޭ ކަމަށެވެ.

"ކުޅުންތެރިޔާ މެޗު ކުޅޭކަށް ތައްޔާރެއް ނޫން. ކުޅުންތެރިން ހިތްހަމަނުޖެހުނަސް އަހަރެން ނާރުވާނަން ސަތޭކަ ޕަސެންޓް ފިޓް ނޫން ކުޅުންތެރިއެއް. އޭނާ ހިތްހަމަނުޖެހިގެން އުޅުނު ނަމަ ތިއީ އަދި އަހަންނަށް ނޭގި އޮތް ކަމެއް. އޭނާ އަހަރެން ގާތު ނުބުނޭ،" ޓަބަރޭޒް ބުންޏެވެ.

ސުއަރޭޒަކީ ދަނޑު މަތީގައި ވެސް އާދަޔާހިލާފަށް ޕްރެޝަރަށް ދާ ކުޅުންތެރިއެކެވެ. އެގޮތުން ޕްރެޝަރު ބޮޑުވެ އޭނާ ވަނީ ތިން ފަހަރެއްގެ މަތިން އިދިކޮޅު ކުޅުންތެރިން ގައިގައި ދަތް އަޅައިފަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އިޓަލީގެ ޖިއޯޖިއޯ ކިއެލީނީގެ ކޮނޑުގައި ދަތް އެޅި މައްސަލައިގައި އޭނާ އަށް ބޮޑު ސަސްޕެންޝަނެއް އަ އެވެ.