Roadha Mihaaru
އަބީޝޭކް ކްރިކެޓް ކޯޗެއްގެ ރޯލަށް

އަބީޝޭކް ކްރިކެޓް ކޯޗެއްގެ ރޯލަށް

05 އޯގަސްޓް 2023

ބޮލީވުޑްގެ އެކްޓަރު އަބީޝޭކް ބައްޗަން ކްރިކެޓް ކޯޗެއްގެ ރޯލު ކުޅޭ ފިލްމު "ގޫމަރު"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

ބޮލީވުޑްގެ އެކްޓަރު އަބީޝޭކް ބައްޗަން ކްރިކެޓް ކޯޗެއްގެ ރޯލު ކުޅޭ ފިލްމު "ގޫމަރު"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.

މި ފިލްމުގައި އަބީޝޭކް ކުޅެނީ ކްރިކެޓް ކޯޗެއްގެ ރޯލެވެ. މިފަހުން އަބީޝޭކް އަންނަނީ ފިލްމާއި ސީރީޒްތަކުގައި މި ކަހަލަ ތަފާތު ރޯލުތައް ކުޅެމުންނެވެ.

މި ސްޕޯޓްސް ޑްރާމާ ފިލްމު ޑައިރެކްޓުކުރަނީ "ޕާ" އާއި "ޕެޑްމޭން" ކަހަލަ މަޝްހޫރު ބޮލީވުޑްގެ ފިލްމުތަކުގެ ޑައިރެކްޓަރު، އާރު ބަލްކީ އެވެ.

ޑައިރެކްޓަރު ބަލްކީ ބުނެފައިވާ ގޮތުގައި، މިއީ އޮލިމްޕިކްސްގައި ދެ ފަހަރެއްގެ މަތިން ގޯލްޑް މެޑަލް ހޯދި، ހަންގޭރީގެ ރައިޓް-ހޭންޑް ޝޫޓަރު، ކަރޮއެ ޓޮކާޗުގެ ވާހަކައިން އިންސްޕަޔާވެގެން ލިޔެފައިވާ ވާހަކައަކަށް ގެނެސްދޭ ފިލްމެކެވެ.

އަބީޝޭކްއާ އެކު މި ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ ސަޔާމީ ކޭރު، އަންގަދު ބޭޑީ އަދި ޝަބާނާ އަޒްމީ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ފަށަނީ މި މަހު 18 ގަ އެވެ.