ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
06 އޯގަސްޓް 2023
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސްކޫލްތަކުގެ ކިޔެވުން ފަށާ ދުވަހަށް ޓީޗަރުން ހަމަނުވާ ކަމުގެ ޝަކުވާ ވަރަށް ގިނައިން ބެލެނިވެރިން ކުރެ އެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެ މިނިސްޓްރީ އާއި ސްކޫލްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަކޮށްދިނުމެވެ. އެހެންވެ، 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ސްކޫލްތަކުގައި މިހާރު މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ވެސް ސްކޫލްތައް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ނިންމާލާފައިވާ ކަަމަށް ބުންޏެވެ.
މި ދިރާސީ އާ އަހަރު ފެށީ 84،000 އަށް ވުރެ ގިނަ ކުދިންނާ އެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ކުދިން ކިޔަވާނެ އެވެ. މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ފޮތްތަކާއި ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ތައްޔާރު
ޓީޗަރުންގެ މުސާރަ ބޮޑުކުރަން އެބަ މަސައްކަތްކުރަން: ރައީސް
އާ ކަންތައްތަކާ އެކު ތައުލީމީ އާ އަހަރު ފަށައިފި
ޓީޗަރުންނާއި ވަސީލަތްތައް ވެސް ހަމަ: މިނިސްޓަރު
ޓީޗަރުން ހަމަވާނެ، ދިރާސީ އަހަރަށް ސްކޫލުތައް ތައްޔާރު
400 ޓީޗަރުން ހޯދަނީ ގިނަ ދިވެހިންނަށް ފުރުސަތު ދޭން
400 ޓީޗަރުން ލިބޭނެ ކަމާ މެދު ޝައްކު: އިދިކޮޅު
އޯވަލޯޑު ނުވާނެ ގޮތަކަށް ހަރަކާތްތައް ބާއްވަން އެދިއްޖެ
އަންނަ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު 28 ގައި
ސްކޫލްތަކުގެ މައުލޫމާތާއެކު އެޑިއުކޭޝަންގެ އާވެބްސައިޓެއް