Roadha Mihaaru
"ގަދަރު 2" އަށް ފުރަތަަމަ ދުވަހު ބޮޑު ކާމިޔާބީއެއް

"ގަދަރު 2" އަށް ފުރަތަަމަ ދުވަހު ބޮޑު ކާމިޔާބީއެއް

13 އޯގަސްޓް 2023

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ލީޑު ރޯލު ކުޅޭ "ގަދަރު 2" އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ލީޑު ރޯލު ކުޅޭ "ގަދަރު 2" އަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އެ ފިލްމަށް ފުރަތަމަ ދުވަހު، އިންޑިއާގައި އެކަނި ދައްކައިގެން 40 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.

މިއީ މި އަހަރު، ފުރަތަމަ ދުވަހު ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އަދިވެސް އެއް ވަނައިގައި އޮތީ ޝާހްރުކް ހާންގެ "ޕަތާން" އެވެ. އެ ފިލްމަށް ފުރަތަމަ ދުވަހު 55 ކްރޯޑް ރުޕީސް ލިބުނެވެ.

އަނިލް ޝަރުމާ ޑައިރެކްޓުކުރި "ގަދަރު 2" އަށް ކްރިޓިކުންނާއި އާންމުންގެ ތަރުހީބު ވެސް ވަނީ ލިބިފަ އެވެ.

އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައިގެ ދުވަސްވަރު އުޅުނު ދެ ލޯބިވެރިންގެ ދިރިއުޅުން ދައްކާ "ގަދަރު"ގެ ފުރަތަމަ ފިލްމު ނުކުތީ 2001 ވަނަ އަހަރު އެވެ. ފުރަތަމަ ފިލްމުގައި ވެސް ލީޑު ރޯލު ކުޅުނީ ސަނީ އާއި އަމީޝާ އެވެ. އެ ފިލްމަށް ވެސް ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބުނެވެ.

ދެވަނަ ބައިގައި ގެނެސްދެނީ އޭގެ 23 އަހަރު ފަހުން އެ މީހުންގެ ދިރިއުޅުމެވެ.