Roadha Mihaaru
ސަނީގެ "ބޯޑާ 2" ރަސްމީކޮށް އިއުލާންކޮށްފި

ސަނީގެ "ބޯޑާ 2" ރަސްމީކޮށް އިއުލާންކޮށްފި

16 ޖޫން 2024

ބޮލީވުޑްގެ ކުރީގެ ފިލްމު "ބޯޑާ"ގެ ދެވަނަ ބައެއް ނުކުންނާނެ ކަމަށް އަޑުފެތުރިފައި ވާތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑްގެ ކުރީގެ ފިލްމު "ބޯޑާ"ގެ ދެވަނަ ބައެއް ނުކުންނާނެ ކަމަށް އަޑުފެތުރިފައި ވާތާ އެތައް ދުވަހެއް ފަހުން އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އެ ފިލްމަކީ މީގެ 27 އަހަރު ކުރިން ބޮލީވުޑްގައި އެޅުވި ހަނގުރާމަ މަތީ ފިލްމުތަކުގެ ތެރެއިން އޭރު އެންމެ ކާމިޔާބު އެއް ފިލްމެވެ. ޖޭޕީ ދައްތާ ޑައިރެކްޓުކޮށް 1997 ވަނަ އަހަރު ގެނެސްދިން މި ފިލްމުގެ ލީޑު ރޯލު ކުޅުނީ ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލް އެވެ.

ސަނީ ޑިއޯލް އިންސްޓަގްރާމްގައި މިފަހުން ކުރި ޕޯސްޓެއްގައި ވަނީ އެ ފިލްމުގެ ދެވަނަ ބައި ގެނެސްދޭކަން އިއުލާންކޮށްފަ އެވެ. ފިލްމު އިއުލާންކުރުމަށް އޭނާ އިންސްޓަގްރާމް ކޮށްފައިވާ ވީޑިއޯ އިން އިވެނީ "ބޯޑާ"ގެ ފުރަތަމަ ފިލްމަށް ފަހު އޭނާ ބުނެފައިވާ ވާހަކަތަކެކެވެ.

"މީގެ 27 އަހަރު ކުރިން ބުނި ގޮތަށް، އޭނާ ކުރި ވައުދާ އެއްގޮތަށް ފައުޖީ އެނބުރި އަންނާނެ. ހިންދުސްތާން އެންމެނަށް ސަލާމް. އެބަ އަންނަން،" އޭނާ ބުންޏެވެ.

"ބޯޑާ 2" ޑައިރެކްޓް ކުރާނީ އަނޫރާގް ސިންގެވެ. އަދި މި ފިލްމުގެ ޕްރޮޑިއުސަރުންގެ ތެރޭގައި ބޫޝާން ކުމާރު، ކްރިޝާން ކުމާރު، ޖޭޕީ ދައްތާ އަދި ނިދީ ދައްތާ ހިމެނެ އެވެ.

ފިލްމު "ދިލް ބޯލޭ ހަޑިއްޕަ" އާއި "ޖެޓް އެންޑް ޖޫލިއެޓް" އާއި "ޕަންޖާބް 1984" އަދި "ކިސާރީ" ކަހަލަ ފިލްމުތަކަކީ އަނޫރާގްގެ ޑައިރެކްޝަނެވެ.

ސަނީ އެންމެފަހުން ފެނުނީ އަނިލް ޝަރްމާ ޑައިރެކްޓުކޮށް މިދިޔަ އަހަރު ގެނެސްދިން "ގަދަރު 2" އިންނެވެ. "ގަދަރް 2" އަކީ 2001 ވަނަ އަހަރު ނެރުނު ފިލްމެއްގެ ސީކުއެލްއެކެވެ. އެ ފިލްމު ވަނީ ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނިފަ އެވެ. ބޮކްސް އޮފީހުގައި އެ ފިލްމަށް ވަނީ 450 ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފަ އެވެ.