Roadha Mihaaru
ރަޖްނީކާންތުގެ "ޖެއިލާ" އަށް 100 ކްރޯޑް ރުޕީސް

ރަޖްނީކާންތުގެ "ޖެއިލާ" އަށް ތިން ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ

14 އޯގަސްޓް 2023

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތުގެ އާ ފިލްމު "ރަޖްނީ ދަ ޖެއިލާ" އަށް އެންމެ ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

އިންޑިއާގެ ސުޕަސްޓާރު، ރަޖްނީކާންތުގެ އާ ފިލްމު "ރަޖްނީ ދަ ޖެއިލާ" އަށް އެންމެ ތިން ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި އެ ފިލްމަށް، ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން އެ ދުވަހު 48.35 ކްރޯޑް ރުޕީސް ލިބުނެވެ. މިދިޔަ ހުކުރު ދުވަހު 25.75 ކްރޯޑް ރުޕީސް ލިބުނުއިރު، ހޮނިހިރު ދުވަހު 35 ކްރޯޑް ލިބުނު ކަމަށް ރިޕޯޓްތައް ބުންޏެވެ.

ދުނިޔޭގެ ބޮކްސް އޮފީހުގައި އެ ފިލްމަށް 216 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ.

އެ ފިލްމުގެ ބަޖެޓަކީ 200 ކްރޯޑް ރުޕީސް އެވެ.

ރަޖްނީކާންތުގެ ފިލްމެއް ސިނަމާއަށް މި ގެނައީ ދެ އަހަރަށް ފަހުންނެވެ. މިއީ ހަމަ އޭނާގެ ސްޓައިލްގެ ވަރުގަދަ ތަޅާފޮޅާ މަންޒަރުތައް ހިމެނޭ ފިލްމެކެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ފުލުހެއްގެ ރޯލެވެ.

"ރަޖްނީ ދަ ޖެއިލާ"ގައި ރަޖްނީކާންތުއާ އެކު މުހިންމު ރޯލުތަކުން ފެންނަނީ ތަމަންނާ ބާޓިއާ އާއި ޖެކީ ޝްރޮފެވެ.

ނެލްސަން ދިލިޕްކުމާރް ޑައިރެކްޓުކުރާ މި ފިލްމަކީ ރަޖުނީކާންތުގެ ސްޓައިލްގެ އެކްޝަން ކޮމެޑީއެކެވެ.