ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައި އަންނަ އަހަރު އޮގަސްޓް 15 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ދެވަނަ ބައި އަންނަ އަހަރު އޮގަސްޓް 15 ގައި ރިލީޒްކުރަން ނިންމައިފި އެވެ.
ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ "ޕުޝްޕާ 2: ދަ ރޫލް" ރިލީޒްކުރާ ތާރީހު އިއުލާންކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއްޔެ އެވެ. އެ ފިލްމު އަޅުވާ ތާރިހާ އެކު ވަނީ ފިލްމުގެ އާ ޕޯސްޓަރެއް ވެސް ނެރެފަ އެވެ.
ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު ތަރި، އައްލޫ އަރްޖުން ލީޑު ރޯލު ކުޅޭ މި ފިލްމުގެ ދެވަނަ ބައިގެ ޓީޒާއެއް ވެސް މި އަހަރު ކުރީ ކޮޅުގައި ނެރުނެވެ. އެ ޓީޒާއަށް ވަނީ 80 މިލިއަނެއްހާ ވިއުސް ވެސް ލިބިފަ އެވެ.
ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ޑައިރެކްޓުކުރި ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.
އިންޑިއާގެ އެކި ބަސްތަކުން ނެރުނު ޕުޝްޕާގެ ފުރަތަމަ ފިލްމު "ޕުޝްޕާ؛ ދަ ރައިސް" އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ ދެވަރަކަށް އަހަރު ކުރިން، 2021 ގައި ނެރުނު އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 42 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ފިލްމަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި އިންޑިއާގެ ފިލްމެވެ.
"ކޫލީ"އަށް ތިން ދުވަހުން 300 ކްރޯޑް ރުޕީސް
"ޕުޝްޕާ 2"ގެ މަންޒަރެއް ރާއްޖޭގައި؟
"ޕުޝްޕާ 2"ގެ ބައެއް މަންޒަރުތައް ކަނޑަން އަންގައިފި
"ޕުޝްޕާ 2" ރިލީޒްކުރުމުގެ ކުރިން ބޮޑު އާމްދަނީއެއް
ޕްރަބާސްގެ "ސަލާރް"ގެ ޓްރެއިލާ ނެރެފި
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
ރަޖަމޯލީގެ އާ ފިލްމަށް ކިޔަނީ "ވަރަނާސީ"
ދެކުނު އިންޑިއާގެ ފިލްމުގައި ޕްރިޔަންކާ ފެންނާނެ ގޮތް
މި އަހަރުގެ އެންމެ އަގުބޮޑު ފިލްމަކީ "ކަންޓާރާ"
މޯދީގެ ދިރިއުޅުމަށް ފިލްމެއް ހަދަނީ