Roadha Mihaaru

ޕްރަބާސްގެ "ސަލާރް"ގެ ޓްރެއިލާ ނެރެފި

02 ޑިސެމްބަރ 2023

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ "ސަލާރް: ޕާޓް ވަން"ގެ ޓްރެއިލާ ނެރެފި އެވެ.

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް ގޭންގްސްޓާރެއްގެ ރޯލު ކުޅޭ "ސަލާރް: ޕާޓް ވަން"ގެ ޓްރެއިލާ ނެރެފި އެވެ.

މި ތިން މިނެޓާއި 47 ސިކުންތުގެ ޓްރެއިލާގައި ވަނީ ފިލްމުގެ ގިނަ މަންޒަރުތަކެއް ހިމަނައިފަ އެވެ.

"ސަލާރް" އަކީ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް ގެނެސްދޭ ފިލްމެކެވެ. "ކޭޖީއެފް"އެކޭ އެއްގޮތަށް މި ފިލްމުގައި ވެސް ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭނެ އެވެ. "ކޭޖީއެފް" އަކީ ވެސް ތަޅާފޮޅާ މަންޒަރުތައް ގިނަ، ގޭންގްސްޓާރެއްގެ ވާހަކަ ކިޔައިދިން ފިލްމެކެވެ. އެ ފިލްމުގެ ދެ ބައި ނެރުނެވެ.

"ސަލާރް"ގެ ވެސް ދެވަނަ ފިލްމު އޮތީ އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށަން އޮތީ ތާވަލުކޮށްފަ އެވެ.

ފިލްމުގެ މުހިންމު ރޯލުތަކުން ޕްރަބާސްއާ އެކު ދެން ފެންނާނީ ޖަގަޕަތީ ބާބޫ، އީސްވާރީ ރާއޯ، ސްރިޔާ ރެޑީ އަދި ޝުރުތީ ހަސަން އެވެ.

"ސަލާރް: ޕާޓް ވަން" ސިނަމާތަކުގައި އަޅުވަން ނިންމާފައި ވަނީ އަންނަ މަހު 22 އިން ފެށިގެންނެވެ.