Roadha Mihaaru
ޒަރީރަށް ދިން ހަމަލާ: މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް

މެމްބަރު ޒަރީރަށް ހަމަލާދިނުމުގެ ތުހުމަތުވާ މީހުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް

13 އޯގަސްޓް 2023

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތުވާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން ކަމަށް ތުހުމަތުވާ ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކެފޭއެއްގެ ތެރޭގައި މެމްބަރު ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހެއް ކަމަށްވާ އަބްދުﷲ އިބްރާހިމް (ގައްބަރޭ) އާއި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައި ވަނިކޮށް އެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ގައްބަރޭ އާއި ދެން ތިބި ދެ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އެ މީހުންގެ ބަންދު ކުރަން ފަސް ދުވަސް ތެރޭގައި ހުށަހަޅައިފިނަމަ ބަންދާ މެދު ގޮތެއް ނިންމަން އަމުރުކުރާ ކަމަށް ހުކުމުގައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ.

ފުލުހުން ހައި ކޯޓުގައި ބުނެފައިވާ ގޮތުގައި ގައްބަރޭއާ ދެކޮޅަށް ޒަރީރު ބަޔާން ދެއްވުމަށްފަހު ފަހުން ވަނީ ހަމަލާދިނީ ގައްބަރޭ ކަން ޔަގީންނުވާ ކަމަށް ތަހުގީގަށް ބަޔާން ދެއްވައިފަ އެވެ.