Roadha Mihaaru
ލައިފް ފެނަށް 20 އަހަރު ފުރިއްޖެ

ރާއްޖެގައި އުފައްދާ ލައިފް ފެނަށް 20 އަހަރު ފުރިއްޖެ

14 އޯގަސްޓް 2023

އިންޓަނޭޝަނަލް ބެވަރެޖަސް ކޮމްޕެނީ (އައިބީސީ)އިން އުފައްދާ ލައިފް ފެނަށް 20 އަހަރު ފުރިއްޖެ އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އިންޓަނޭޝަނަލް ބެވަރެޖަސް ކޮމްޕެނީ (އައިބީސީ)އިން އުފައްދާ ލައިފް ފެނަށް 20 އަހަރު ފުރިއްޖެ އެވެ.

މި ކުންފުނިން ކ. ހިންމަފުށީގައި ފެން ބަންދު ކުރާ ކާރުހާނާއެއް ގާއިމުކުރުމަށް ފަހު މި ފެން ބާޒާރަށް ނެރެ ވިއްކަން ފެށީ 2003 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 13 ވަނަ ދުވަހު އެވެ.

މި ފެނަށް 20 އަހަރު ފުރުމުގެ ގޮތުން މި އަހަރުގެ ތެރެއަށް ހާއްސަ ހަރަކާތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ހަރަކާތްތަކުގެ މައުލޫމާތުތައް ހިއްސާކުރަމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފަސޭހައިން ބޯފެން ލިބޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުޅުވާފައިވާ ހެޕީމާކެޓުގެ ޑިސްޓްރިބިއުޝަން ސެންޓަރުތަކުން މެދުކެނޑުމެއް ނެތި އެކި ސައިޒުގެ ލައިފް ފެން ލިބޭނެ އެވެ.

ލައިފް ފެނުގެ 500މލ، 1500މލ، 1.5ލ އަދި 5ލ ގެ ފެން ފުޅި ހުރެ އެވެ.