Roadha Mihaaru
ވެގާ ޓޮމާޓޯ ޕޭސްޓުގެ 3 ސައިޒެއްގެ ދަޅު ހެޕީމާކެޓަށް

ވެގާ ޓޮމާޓޯ ޕޭސްޓުގެ ތިން ސައިޒެއްގެ ދަޅު ހެޕީމާކެޓަށް

31 ޖުލައި 2024

ފެންވަރު ރަނގަޅު އެކި ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ހެޕީމާކެޓުން ވެގާ ބްރޭންޑުގެ ތިން ސައިޒެއްގެ ޓޮމާޓޯ ޕޭސްޓު ދަޅު ވިއްކަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފެންވަރު ރަނގަޅު އެކި ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް ވިއްކާ ހެޕީމާކެޓުން ވެގާ ބްރޭންޑުގެ ތިން ސައިޒެއްގެ ޓޮމާޓޯ ޕޭސްޓު ދަޅު ވިއްކަން ފަށައިފި އެވެ.

އެއީ 70 ގުރާމް، 210 ގުރާމް އަދި 400 ގުރާމުގެ ޓޮމާޓޯ ޕޭސްޓް ދަޅެވެ. ވެގާ ޓޮމާޓޯ ޕޭސްޓަކީ ފަސޭހައިން ކަނޑާލެވޭ ދަޅެއްގައި ހުންނަ ގަދަ ރަތް ކުލައިގެ ޓޮމާޓޯ ޕޭސްޓެކެވެ. މީގެ ހުރިހާ ސައިޒެއްގެ ޓޮމާޓޯ ޕޭސްޓު ދަޅު ހެޕީމާކެޓުގެ ހުރިހާ ފިހާރަތަކާއި ރީޓެއިލް ފިހާރަތަކުން ވެސް ލިބެން ހުންނާނެ އެވެ.

ހެޕީމާކެޓުން ތިން ސައިޒުގެ ޓޮމާޓޯ ޕޭސްޓު ދަޅު ތައާރަފްކޮށްފައި ވާއިރު ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކޮށް ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ.

ވެގާ ޓޮމާޓޯ ޕޭސްޓުގެ ފަސް ކޭހަށް ވުރެ ގިނައިން ގަންނަ ކަސްޓަމަރުންނަށް 10ރ. ގެ ޑިސްކައުންޓު ލިބޭނެ އެވެ.