Roadha Mihaaru
ހެޕީ މާކެޓުން އީދަށް ކުކުޅާއި ސޮސެޖުގެ އަގުހެޔޮކޮށްފި

ހެޕީ މާކެޓުން އީދަށް ކުކުޅާއި ސޮސެޖުގެ އަގުހެޔޮކޮށްފި

12 ޖޫން 2023

ހެޕީ މާކެޓުން ވިއްކާ ގަނޑުކުރި ބައެއް ޕްރޮޑަކްޓުތައް ހާއްސަ އޮފާއެއްގެ ގޮތުގައި މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، އަގުހެޔޮކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހެޕީ މާކެޓުން ވިއްކާ ގަނޑުކުރި ބައެއް ޕްރޮޑަކްޓުތައް ހާއްސަ އޮފާއެއްގެ ގޮތުގައި މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް، އަގުހެޔޮކޮށްފި އެވެ.

މި މަހުގެ ފަހު ހަފުތާގައި ފާހަގަކުރާ ބޮޑު އީދަށް ފެށި ހާއްސަ އޮފާގެ ދަށުން އެ މަހުގެ ނިޔަލަށް ސިއަރާ ބޮންލެސް ކުކުޅުގެ އެއް ކިލޯ އާއި ދެ ކިލޯގެ ކުކުޅާއި ކުކުޅު ފަޔާއި ފްރެންގަސޯލް ޗިކަން ސޮސެޖުން ވެސް ވަނީ އަގުހެޔޮ ކޮށްފަ އެވެ.

އަގުހެޔޮ ކުރި އައިޓަމްތައް ހިމެނޭ ޕޯސްޓެއް.

ހެޕީ މާކެޓުން ބުނި ގޮތުގައި އެ ޕްރޮޑަކްޓުތަކުގެ އަގުހެޔޮ ކުރީ އެއީ އާއްމުންގެ ބޮޑު ޑިމާންޑެއް އޮންނަ ޕްރޮޑަކްޓުތަކަކަށް ވުމުން އީދަށް ބާއްވާ ބާބަކިއު އާއި ކެއުންތަކުގައި ރަނގަޅު އޮފާއެއް ދޭށެވެ.

އެ ސްޕެޝަލް އޮފާގައި އެ ޕްރޮޑަކްޓުތައް ހެޕީމާކެޓުގެ ހުރިހާ ފިހާރައަކުން ވެސް ލިބޭނެ އެވެ. މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ އިތުރުން އައްޑު އާއި ހދ. ކުޅުދުއްފުށްޓާއި އަދި ގދ. ތިނަދޫގައި ހެޕީމާކެޓުގެ ފިހާރަތައް ހުރެ އެވެ.