Roadha Mihaaru
ހެޕީމާކެޓުން ވިއްކާ މެރިނޭޓަޑް ކުކުޅުގެ އާ ރަހައެއް

ހެޕީމާކެޓުން ވިއްކާ މެރިނޭޓަޑް ކުކުޅުގެ އާ ރަހައެއް ތައާރަފްކޮށްފި

11 އޯގަސްޓް 2023

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ސިއަރާ ބްރޭންޑްގެ މެރިނޭޓަޑް ޗިކަންގެ އިތުރު ރަހައެއްގެ ކުކުޅު ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ސިއަރާ ބްރޭންޑްގެ މެރިނޭޓަޑް ޗިކަންގެ އިތުރު ރަހައެއްގެ ކުކުޅު ތައާރަފްކޮށްފި އެވެ.

މި ފަހަރު މާކެޓަށް ނެރުނީ "ޝަވާޔާ ހޮޓް ކަރީ" ފްލޭވާ އެވެ. މިއީ ރަހަ މީރު، ދިވެހިންނަށް ކަމުދާނެ މެރިނޭޝަނެއްގެ ކުކުޅެއް ކަމަށް ހެޕީމާކެޓުން ބުންޏެވެ.

ހެޕީ މާކެޓުން ބުނީ މިއީ އިތުރު މެރިނޭޝަނެއް ބޭނުން ނުވާ، ޕެކެޓުން ނަގާ ގޮތަށް ބޭނުންކުރެވޭނެ ކުކުޅެއް ކަމަށެވެ. މި ކުކުޅު އަވަނާއި އުނދުނުގައި ފިހެވޭނެ އެވެ. އަދި އެއާ ފްރައި ވެސް ކުރެވޭނެ އެވެ.

މި ކުކުޅު އަވަނުގައި ހަދަން 180 ޑިގްރީ ސެލްސިއަސްގައި ޕްރީ ހީޓުކުރުމަށް ފަހު ކުކުޅު ފޮއިލްކޮށް ބޭކިން ޓްރޭގައި އެއް ގަޑި އިރާއި 45 މިނެޓް ފިހަންޖެހޭނެ އެވެ. އަދި ފޮއިލް އިން ނެގުމަށް ފަހު އަވަންގައި އިތުރު 45 މިނެޓް ނުވަތަ ކުކުޅުގެ ބޭރަށް މުށި ކުލަ އަރަންދެން ފިހަން ޖެހޭނެ އެވެ.

މި ކުކުޅު ފިނި ނުކަނޑުވާ ތައްޔާރުކުރުމަށް އަވަން 200 ޑިގްރީ ސެލްސިއަސް އަށް ޕްރީ ހީޓު ކޮށް އެއް ގަޑިއިރާއި 30 މިނެޓް ވަންދެން ފިހަން ޖެހެ އެވެ.

މެރިނޭޓެޑް ކުކުޅު އެއާ ފްރަޔާގައި ތައްޔާރުކުރުމަށް އެއާ ފްރަޔާ 140 ޑިގްރީ ސެލްސިއަސް އަށް ޕްރީ ހީޓު ކޮށް ޗިކަން ބްރެސްޓް ފަޅި އަޑިއަށްވާގޮތަށް ލުމަށްފަހު، 45 މިނެޓް ވަންދެން ފިހަން ޖެހޭނެ އެވެ. އަދި ކުކުޅުގެ އަނެއް ފަޅި އިތުރު 45 މިނެޓު ފިހަން ޖެހޭނެ އެވެ. މި ވަގުތު ހަމަވުމުން އެއާ ފްރަޔާ ތެރެއަށް ޖަމާވެފައި ހުރި ދިޔަތައް އުކާލާ، ކުކުޅުގެ ދެފަޅީގައި ޅިޔަ އަޅާ، އިތުރު ފަސް މިނެޓާއި 10 މިނެޓާ ދެމެދު ފިހަން ޖެހޭނެ އެވެ.

މި ކުކުޅުފިނި ނުކަނޑުވާ އެއާފަރައި ކުރުމަށް އެއާ ފްރަޔާ 140 ޑިގްރީ ސެލްސިއަސްގައި ޕްރީ ހީޓުކުރުމަށް ފަހު 30 މިނެޓް ވަންދެން ކޮންމެ ފަޅިއެއް ފިހަން ޖެހޭނެ އެވެ.

މިއީ ބޮޑު ތެއްޔެއްގެ ތެރޭގައި އުނދުނުގައި މަޑުގިނީގައި މަތި ޖަހައިގެން ވެސް ފިހެވޭނެ ކުކުޅެކެވެ.

ހެޕީ މާކެޓުން ބުނީ މި މެރިނޭޓެޑް ޗިކަން އަކީ ދިވެހިންގެ މެދުގައި ކުކުޅަށް ހާއްސަ ހުކުރު ދުވަހުގެ ކެއުމާއި، އީދު ފަދަ އެކި ހަފްލާތަކުގެ ކެއުމަށް ވެސް ކަމުދާނެ ކުކުޅެއް ކަމަށެވެ.

ހެޕީ މާކެޓުގައި އަލަށް ތައާރަފް ކުރި "ޝަވާޔާ ހޮޓް ކަރީ" ފްލޭވާގެ އިތުރުން "އިޓާލިއަން ހާބް" ފްލޭވާގެ މެރިނޭޓެޑް ކުކުޅު ވެސް ދަނީ ވިއްކަމުންނެވެ. ސިއަރާ މެރިނޭޓެޑް ޗިކަން ހެޕީމާކެޓްގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިހާރަތަކުން ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބޭނެ އެވެ.