Roadha Mihaaru
އާލިއާ ލިޕްސްޓިކް ޖެއްސީމާ ރަންބީރަށް ކަމަކުނުދޭ

އާލިއާ ލިޕްސްޓިކް ޖެއްސީމާ ރަންބީރަށް ކަމަކުނުދޭ

17 އޯގަސްޓް 2023

ލިޕްސްޓިކް ޖެއްސުމަކީ ފިރިމީހާ ރަންބީރު ކަޕޫރަށް އެހާ ކަމުދާ ކަމެއް ނޫން ކަމަށް އާލިއާ ބަޓް ބުނެފި އެވެ.

ލިޕްސްޓިކް ޖެއްސުމަކީ ފިރިމީހާ ރަންބީރު ކަޕޫރަށް އެހާ ކަމުދާ ކަމެއް ނޫން ކަމަށް އާލިއާ ބަޓް ބުނެފި އެވެ.

އާލިއާ ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ ރަންބީރާ ރައްޓެހިވެގެން އުޅުނު ދުވަސްވަރުން ފެށިގެން ވެސް އޭނާ ލިޕްސްޓިކް ޖައްސަނީ ވަރަށް ކުޑަކޮށް ކަމަށެވެ. އެއީ މާ ބޮޑަށް ލިޕްސްޓިކް ޖެއްސުމުން ރަންބީރު ހިތްހަމަނުޖެހޭތީ އެވެ.

އެހެންވެ މިހާރު ބޭނުންކުރަނީ ލައިޓް ޝޭޑުތަކުގެ ލިޕްސްޓިކް ކަމަށް އާލިއާ ބުންޏެވެ.

"ރައްޓެހިވެގެން އުޅުނު ދުވަސްވަރު ވެސް، މިހާރު ވެސް މާ ގަދައަށް ލިޕްސްޓިކް ހާކަންޏާ ބުނާނެ ފޮހޭށޭ. އޭނާއަށް ކަމުދަނީ ނެޗުރަލްކޮށް ހުރީމައޭ،" އާލިއާ ބުންޏެވެ.

މި ވާހަކަ އާލިއާ މީޑިއާއާ ހިއްސާކުރުމުން ބައެއް މީހުން ދަނީ ރަންބީރަކީ "ރެޑް ފްލެގެއް" ކަމަށް ބުނެ ފާޑު ވެސް ކިޔަމުންނެވެ.

މީގެ ކުރިން އާލިއާ ދިން އިންޓަވިއުއެއްގައި، އޭނާ މާ ބާރަށް ވާހަކަ ދައްކަންޏާ ވެސް ރަންބީރަށް ކަމުނުދާ ކަމަށް ބުނުމުން ފާޑުކިޔުން ބޮޑުވި އެވެ. ބައެއް މީހުން ބުނާ ގޮތުގައި، ރަންބީރު އާލިއާ ގެންގުޅެނީ ވަރަށް ބޮޑަށް "ފިއްތައިގެން"ނެވެ.

ރަންބީރާ އާއި އާލިއާ ކައިވެނިކުރީ މިދިޔަ އަހަރު އެޕްރީލް މަހުގަ އެވެ. އެ ދެމީހުންގެ ކައިވެންޏަށް މިހާރު ވަނީ ކުއްޖަކު ވެސް ލިބިފަ އެވެ.