Roadha Mihaaru
ރިޔާސީ ބަހުސް އަންނަ މަހު ބާއްވަނީ

ރިޔާސީ ބަހުސް އަންނަ މަހު ބާއްވަނީ

18 އޯގަސްޓް 2023

ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ޕީއެސްއެމް އިން ބާއްވާ "ރިޔާސީ ބަހުސް"، އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ޕީއެސްއެމް އިން ބާއްވާ "ރިޔާސީ ބަހުސް"، އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ދައުލަތުގެ މީޑިއާ ހިންގާ ކުންފުނިން މިއަދު ނެރުނު ބަޔާނުގައި ބުނީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 އިން 11:00 އަށް ކަމަށެވެ.

އެ ބަހުސް އަށް ހުރިހާ ކެންޑިޑޭޓުންނަށް ވަނީ ދައުވަތު ދީފަ އެވެ. އަދި އެކަމަށް ހުރިހާ ބޭފުޅުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން ބާއްވާ ބަހުސްގައި، ކެންޑިޑޭޓުންގެ ތަސައްވަރާއި މެނިފެސްޓޯއާ ގުޅޭގޮތުން ސުވާލުކުރާނެ އެވެ.

ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ބަހުސެއް ބާއްވާއިރު، އެ ބޭފުޅުންގެ ރަނިންމޭޓުންނަށް ހާއްސަކޮށްގެން ވެސް މި މަހުގެ ތެރޭގައި ޓޯކް ޝޯއެއް އޮންނާނެ ކަމަށް ޕީއެސްއެމް އިން ބުންޏެވެ.