Roadha Mihaaru
ވޯޓުލުން ފެށުމުގެ ކަންކަން ދިޔައީ ރަނގަޅަށް: ޓީއެމް

ވޯޓުލުން ފެށުމުގެ ކަންކަން ދިޔައީ ރަނގަޅަށް: ޓްރާންސްޕޭރެންސީ

30 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމުގެ ކަންކަން ކުރިއަށް ދިޔައީ ޖުމްލަކޮށް ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމުގެ ކަންކަން ކުރިއަށް ދިޔައީ ޖުމްލަކޮށް ރަނގަޅަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުންޏެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ، އިންތިހާބުގައި ވޯޓުލާން ބަހައްޓާފައި ހުރި ހުރިހާ ފޮއްޓެއް ވެސް 9:00 ގެ ކުރިން ހުޅުވި ކަމަށެވެ. އަދި ވޯޓު ފޮށި ހުޅުވަން ކަނޑައެޅި ވަގުތުގެ 10 މިނެޓް ތެރޭގައި 94 ޕަސެންޓް ފޮށި ހުޅުވާފައިވާކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އޭގެ އިތުރުން 8:10 އިން 8:30 އާ ދެމެދު 54 ޕަސެންޓު ވޯޓު ފޮށި ހުޅުވި ކަމަށް ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީން ބުނީ، ވޯޓުލާން ފެށި އިރު ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް އޮފިޝަލުން ގަޑިއަށް ހާޒިރުވެ ތިބި ކަމަށާއި ވޯޓު ލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނާ ހަމަކުރެވުނު ކަމަށެވެ.

ވޯޓު ލާ ފޮށިތަކުގެ 96 ޕަސެންޓު ފޮށިތައް ތައްޔާރުކޮށްފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ. އަދި ބާކީ ހަތަރު ޕަސެންޓު ފޮށިތަކުން ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭ ކަމަށް ބުންޏެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރާންސްޕޭރެންސީގެ 490 އޮބްޒާވަރުން/ވޮލަންޓިއަރުން 297 ވޯޓު ފޮއްޓެއް ކައިރީގައި ހަރަކާތްތެރިވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މާލެ ސަރަހައްދާއި އަތޮޅުތެރެ އާއި ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކާއި ޖަލާއި ބޭރުގެ ފަސް ގައުމެއްގައި 586 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.