Roadha Mihaaru
އައިއޯއައިޖީގައި ރާއްޖޭގެ ޝިއާރަކަށް "ކާމިޔާބު ރާއްޖެ"

އައިއޯއައިޖީގައި ރާއްޖޭގެ ޝިއާރަކަށް "ކާމިޔާބު ރާއްޖެ"

21 އޯގަސްޓް 2023

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީމުގެ ރަސްމީ ޝިއާރަކަށް "ކާމިޔާބު ރާއްޖެ" ހަމަޖައްސައިފި އެވެ.

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީމުގެ ރަސްމީ ޝިއާރަކަށް "ކާމިޔާބު ރާއްޖެ" ހަމަޖައްސައިފި އެވެ.

މިއީ އޮލިމްޕިކް ކޮމިޓީން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ވަކި ޝިއާރެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ކުރިން ހަމަޖެހިފައި އޮތީ މިފަހަރުގެ ގޭމްސް ރާއްޖޭގައި ބާއްވާ ގޮތަށެވެ. އެކަމަކު ގޭމްސްގެ ހޯސްޓް މަޑަގަސްކަރަ އަށް ދިނީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ގެއްލުންތަކުގައި ގޭމްސް ބޭއްވެން ނެތް ކަމަށް ސްޕޯޓްސް މިނިސްޓްރީން އެންގުމުންނެވެ.

މީގެ ކުރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިއުމުގެ ކުރިން ރާއްޖެއިން މެޑަލް ޓާގެޓް ކަނޑައެޅި އެވެ. އެކަމަކު މިފަހަރުގެ ގޭމްސް އަށް މެޑަލް ޓާގެޓްތަކެއް ހާމަކޮށްފައެއް ނެތެވެ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވަނީ ޓާގެޓަކީ އެންމެ ފަހުގެ ގޭމްސް އަށް ވުރެ ގިނަ މެޑަލް ހޯދުން ކަމަށެވެ. އެންމެ ފަހުގެ ގޭމްސްގައި ރާއްޖެއިން 15 މެޑަލް އަށް ޓާގެޓްކޮށް އެކަން ހާސިލު ކުރި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ހާއްސަކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ހާއްސަކޮށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

މިފަހަރުގެ ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ވަކި އަދަކަށް މެޑަލް ހޯދަން ޓާގެޓެއް ނެތުމުން ހުރީ ދެ ކަފި ހިޔާލުތަކެކެވެ.

ބައެއް ފަރާތްތަކުން ބުނީ މެޑަލް ޓާގެޓެއް ނެތުމުން، ގޭމްސްއާ މެދު އާންމުންގެ ސަމާލުކަން ކުޑަ ކަމަށެވެ.

"މެޑަލް ޓާގެޓެއް އޮތުމަކީ ގޭމްސްގެ ހައިޕް ބޮޑު ވާނެ ކަމެއް،" އެތުލީޓުންނަށް އެހީތެރިވުމަށް ގޭމްސްތަކަށް މީގެ ކުރިން ދިޔަ ކޮންޓިންޖެންޓްގެ މެންބަރަކު ބުންޏެވެ.

ބައެއް އެހެން ފަރާތްތަކުން ބުނީ ވަކި ޓާގެޓަކަށް މެޑަލް ހޯދާ ވާހަކަ ދެއްކުމުން އެތުލީޓުންނަށް ޕްރެޝަރަކަށް ވެދާނެ ކަމަށެވެ. އެހެންވެ މެޑަލްގެ އަދަދުން ވަކި ޓާގެޓްތަކެއް ކަނޑައެޅާފައި ނެތުމަކީ ރަނގަޅު ކަމެއް ކަމަށް އެ ފަރާތްތަކުން ގަބޫލު ކުރެ އެވެ.

އެކަމަކު މެޑަލް ޓާގެޓެއް އޮތުމުން އެތުލީޓުންނަށް ހިތްވަރަކަށް ވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ގަބޫލު ކުރެ އެވެ.

މި ފަހަރުގެ ގޭމްސް އޮންނާނީ މި މަހުގެ 25 އަންނަ މަހު ތިނަކަށެވެ. ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލާނީ ގައުމީ ޓީޓީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އާއި ޓެނިސްގެ ގައުމީ ޗެމްޕިއަން މުހައްމަދު ފާއިހް ފަޒީލް (ފާއީ) އެވެ.