Roadha Mihaaru
"އިތުރު ހައުސިން ޔުނިޓް އަޅައި ތާރު އަޅައިދޭނަން"

ރައީސް ތުޅާދޫގައި: އިތުރު ހައުސިން ޔުނިޓް އަޅައި ތާރު އަޅައިދޭނަން

22 އޯގަސްޓް 2023

ބ. ތުޅާދޫގައި އިތުރު ރޯހައުސް އަޅައި، ބޮޑެތި މަގުތަކުގައި ތާރުއަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބ. ތުޅާދޫގައި އިތުރު ރޯހައުސް އަޅައި، ބޮޑެތި މަގުތަކުގައި ތާރުއަޅައިދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، ތުޅާދޫގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން ތުޅާދޫގައި ހެދި 100 ހައުސިން ޔުނިޓު ނިންމައި، މީހުން ދިރިއުޅެން ތައްޔާރުވެފައިވާ ކަމަށެވެ.

އެ މަނިކުފާނަށް ރިޔާސީ ދެ ވަނަ ދައުރެއް ދީފި ނަމަ އިތުރު 100 ހައުސިން ޔުނިޓް އިމާރާތް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

މި ރަށުގެ ބިން ހިއްކައި، އިންޑަސްޓްރިއަލް ޒޯނެއް ހެދުމާއި ބޮޑެތި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ތުޅާދު އަށް ރައީސްގެ ބައެއް ވައުދުތައް

- ބީޗު އޭރިއާ ތަރައްގީކޮށް، ޕިކްނިކް ދިއުމަށް ހާއްސަ ތަނެއް ހެދުން.

- އިންޑޯ ސްޕޯޓްސް ކޮމްޕްލިކްސް އެއް ހެދުން،

- މަސްވެރިންނަށް ހައްލެއް ހޯދައިދިނުމަށް ތުޅާދޫ ކައިރީގައި މަސްކިރާ ބޯޓެއް ބޭއްވުން.

އެކަމަކު، ބައްލަވާ، މި އިންޑަސްޓްރީއަށް، މިއޮތް ފެލިވަރަށާއި ކޫއްޑުއަށް 40 އަހަރު. ފަންސަވީސް-30 އަހަރު ވެގެން ދިޔައިރު ފުރަތަމަ ކުރި އިންވެސްޓްމަންޓްގެ އިތުރަށް އެ ތަން ތަރައްގީކުރުމަށްޓަކައި ނެތޭ ކުޑަ މިންވަރެއް ވެސް އެތަނަށް ހަރަދުކޮށްފައި. ރާއްޖޭގެ މަސްވެރިން އެއަށްވުރެ މާ ތަރައްގީވެއްޖެ. ދޯނިތައް ބޮޑެތި ވެއްޖެ..-- ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ތުޅާދުއަކީ މަސްވެރި ރަށަކަށް ވާއިރު، ސަރުކާރުން އަންނަނީ މުޅި އެ ސިނާއަތަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް ވަޑައިގެން، މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ތުޅާދުއަށް ވަޑައިގެން، މި ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

މަސްވެރިން ކުރިއަރައި، ތަރައްގީވެގެން ދިޔައިރު ވެސް އެ ސިނާއަތް ފުޅާކުރުމަށް ފާއިތުވި އަހަރުތަކުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަޑަށް ވަރަށް ބާރުލާފައި، އެ ދާއިރާއަށް މިވެނި ކަމެއް ކޮށްދިން ކަމަށް ބޭފުޅުން ވިދާޅުވިއަސް، އެ އިން އެއްވެސް ކަމެއް ނުވާ ކަމަށެވެ.

"އެކަމަކު، ބައްލަވާ، މި އިންޑަސްޓްރީ އަށް، މިއޮތް ފެލިވަރަށާއި ކޫއްޑު އަށް 40 އަހަރު. ފަންސަވީސް-30 އަހަރު ވެގެން ދިޔައިރު ފުރަތަމަ ކުރި އިންވެސްޓްމަންޓްގެ އިތުރަށް އެ ތަން ތަރައްގީ ކުރުމަށްޓަކައި ނެތޭ ކުޑަ މިންވަރެއް ވެސް އެތަނަށް ހަރަދު ކޮށްފައި. ރާއްޖޭގެ މަސްވެރިން އެ އަށް ވުރެ މާ ތަރައްގީ ވެއްޖެ. ދޯނިތައް ބޮޑެތި ވެއްޖެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުތަކުން އެކަން ކުރަން ބޭނުންވި ނަމަ މިހާރު އޮންނާނީ ކޮށްފަ އެވެ.

"ނުކުރި، ނުކުރެވުނީކީ ވެސް ނޫން. ނުކުރި. ކުރި ނަމަ ގައިމު ވެސް ކުރެވޭނެ. މިއަދު އަޅުގަނޑުމެން މި ދަނީ ކުރަމުން." ރައީސް ވިދާޅުވި އެވެ.

ތުޅާދޫގެ މަސްވެރިންނަށް ވަގުތީ ހައްލެއްގެ ގޮތުގައި މި ރަށް ކައިރީގައި ބޯޓެއް ބާއްވައި، ފަސޭހައިން މަސްކިރޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވި އެވެ. އަކުއަ މެރިން ކަލްޗާ ތަރައްގީ ކުރުމަށްޓަކައި އަމިއްލަ ފަރާތްތަކަށް ލޯނުގެ އެހީދޭނެ ކަމަށާއި ވޭސްޓް މެނޭޖް ކުރެވޭނެ ޒަމާނީ ވަސީލަތްތަކެއް ގާއިމްކުރުމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތެވެ.