މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާގެ މަރުގެ އަދަބު ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
28 އޯގަސްޓް 2023
މީގެ ހަތް އަހަރު ކުރިން ލ. މުންޑޫގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރަން ހުކުމް ކޮށްފައިވާ މީހާގެ މަރުގެ އަދަބު ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެރަށު ނޫވިލު، ޒިޔަދަމް މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ މަހު މަރުގެ ހުކުމް އިއްވީ އެރަށު ހީނާވިލާ މުހައްމަދު ޝަނޫންގެ މައްޗަށެވެ.
ޝަނޫނަށް އިއްވި މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
މަރަން ހުކުމްކުރާ މީހުންގެ ފަރާތުން އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފް ނުކޮށްފިނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން އެ ކޯޓަކަށް ހުށަހަޅަން ޖެހެ އެވެ.
ޒިޔަދަމްގެ މަރާ ގުޅިގެން އެކަމުގައި އެހީތެރިވި ކަމަށް ބުނެ އެރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުރި ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް ކޯޓުން އިއްވީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އިސްތިއުނާފްގެ ހުރިހާ މަރުހަލާތައް ނިމިފައިވާ ތިން މީހަކު މިހާރު ވެސް ޖަލުގައި އެބަތިއްބެވެ. އެކަމަކު ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ތަންފީޒުކުރީ 1953 ވަނަ އަހަރު އެވެ.
ލަމްހާ ދޫކުރި މައްސަލަ ބަލަންޖެހޭ ސަބަބެއްނެތް:ހައިކޯޓް
"ޔާމީންގެ މައްސަލާގައި ދެ މީހަކު ޖަލަށްލީ ރަނގަޅަށް"
ގާނޫނު ލިޔެފައި އޮތީ މަރުގެ އަދަބު ނުދެވޭ މިންވަރަށް
މަހްމޫދުގެ ގާތިލްގެ މަރުގެ ހުކުމަށް ތާއީދު
ނަދީމްގެ މަރު: މަފާޒް ޝަރީއަތް ނިމެންދެން ބަންދަށް
ނަދީމްގެ މަރު: މަފާޒް އަލުން ބަންދުކުރަން އެދެފި
މަރުގެ ހުކުމަށް ފަސް އަހަރު، އިސްތިއުނާފް ފަސްވެއްޖެ
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ސުޕްރީމް ކޯޓުން ބަންދަށް
ދެ މީހެއްގެ މަރު: މައްސަލަ ނުފެށި ހަތަރު އަހަރު!
ނަދީމްގެ މަރު:ބަންދު ނުކުރި މައްސަލަ އިސްތިއުނާފްނުކުރި