Roadha Mihaaru
ޗައިނާގެ ބިލިއަނަރު ވަގަށް ނެގީ ހޮންކޮންގެ ހޮޓަލަކުން

ޗައިނާގެ ބިލިއަނަރު ވަގަށް ނެގީ ހޮންކޮންގެ ހޮޓަލަކުން

02 ފެބުރުއަރީ 2017

ބެއިޖިން (ފެބްރުއަރީ 2) - ކެނެޑާގެ ރައްވެއްސަކަށްވެފައިވާ ޗައިނާގެ ބިލިއަނަރު ޒިއާއޯ ޖިއަންހުއާ ވަގަށް ނަގާފައި ވަނީ ހޮން ކޮންގުގެ ފޯ ސީޒަން ހޮޓަލެއްގައި އޭނާ ހުރި އެޕާޓްމަންޓުން ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (ފެބްރުއަރީ 2) - ކެނެޑާގެ ރައްވެއްސަކަށްވެފައިވާ ޗައިނާގެ ބިލިއަނަރު ޒިއާއޯ ޖިއަންހުއާ ވަގަށް ނަގާފައި ވަނީ ހޮން ކޮންގުގެ ފޯ ސީޒަން ހޮޓަލެއްގައި އޭނާ ހުރި އެޕާޓްމަންޓުން ކަމަށް ބައެއް ފަރާތްތަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.

ހޮން ކޮން ފުލުހުން ބުނެފައި ވަނީ މިިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިފައިވާ ޒިއާއޯގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ހުއްޓާލުމަށް ޒިއާއޯގެ އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އުމުރުން 46 އަހަރުގެ ޒިއާއޯ އަކީ ޗައިނާގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ޗައިނާގެ ޓުމޯރޯ ގްރޫޕު ހިންގާ ޒިއާއޯގެ މިލްކިއްޔާތުގެ އަގު ހަ ބިލިއަނަށ އަރާ ކަމަށްވެ އެވެ. އޭނާ އަކީ ޗައިނާ އަށް އުފަން މީހެއް ނަމަވެސް ކެނެޑާގެ ރައްވެހިކަން ވެސް އޮވެ އެވެ. އަދި ހޮން ކޮން ޕާމަނެންޓް ރެސިޑެންޓެއް ވެސް މެ އެވެ.

ޒިއާއޯ ގެއްލުމާ މެދު ބައެއް ސުވާލުތައް ވަނީ އުފެދިފަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭނާ އަކީ ޗައިނާގައި ކޮރަޕްޝަނާ ދެކޮޅަށް ރައީސް ޝީ ޖިންޕިން ހިންގަވާ ކެމްޕޭނާ ދެކޮޅު މީހެކެވެ.