ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލް ވާން، އިދިކޮޅު އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް ނިންމައިފި އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތަދައްހުލް ވާން، އިދިކޮޅު އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސް ނިންމައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް އަދި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގައި ބުނާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލް ވާން އެ ޕާޓީން ނިންމީ، ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުވާ މެމްބަރުން ހިޔާރުކުރުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ނިގުޅިގެންދާ ގޮތަށް ކަމަށެވެ.
ޑިމޮކްރެޓްސް އިން ވެސް ބުނީ މި އިސްލާހުގެ ސަބަބުން، ސީދާ ގާނޫނުއަސާސީއިން މަޖިލީހުގެ މެމްބަރުންނަށް ކަށަވަރުކޮށްދީފައިވާ އިމްތިޔާޒުތައް ނިގުޅައިގަނެ، އިންތިހާބީ މި މަގާމުތަކުގެ ދެމިއޮތުމާއި ނެތުން ސިޔާސީ ޕާޓީއެއްގެ އައްޔަނުކުރެވޭ ފިޔަވަޅު އަޅާ ކޮމިޓީއެއްގެ ބާރުގެ ދަށަށް ގެނެވިގެންދާނެ ކަމަށެވެ.
އަދި ތިން ބާރު ވަކިވެފައިވާ މުޅި ނިޒާމު ހުއްޓުމަކަށް އައިސް، ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި، ވަކި ސިޔާސީ ޕާޓީއެއްގެ އަތްމައްޗަށް ދައުލަތުގެ އެންމެހައި ބާރުތައް ނެގުމުގެ ފުރުސަތު މި އިސްލާހުގެ ސަބަބުން ލިބޭ ކަމަށް ވެސް ޑިމޮކްރެޓުން ބުންޏެވެ.
އެ ދެ ޕާޓީން ވެސް ބުނީ، މި މައްސަލައަށް ތަދައްހުލްވުމަށް ގާނޫނީ ވަކީލުން މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ޒަރޫރީ ހާލަތެއް ކުރިމައްޗެއް ނުވޭ، ވޯޓު ވާނީ ބާތިލް
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
މަޖިލީހުގެ މައްސަލަ ކޯޓަށް ބެލިދާނެ ކަމާ މެދު ބަހުސެއް
ޑިމޮކްރެޓްސްގެ ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގަނެފި
ޑިމޮކްރެޓްސްގެ މެންބަރުންގެ ބަދަލުގައި ކޯޓަށް ދާނީ ޕާޓީ
ސުޕްރީމް ކޯޓުގެ މައްސަލައަށް ޕީއެންސީ ތަދައްހުލްވެއްޖެ
ކޯޓުގައި މައްސަލަ އޮތުމުން އީވާ އުޒުރުވެރިވެއްޖެ!