Roadha Mihaaru
މިކްސްޑް ރިލޭއިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑަލް

މިކްސްޑް ރިލޭއިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑަލް

30 އޯގަސްޓް 2023

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މިކްސް ރިލޭގައި ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މިކްސް ރިލޭގައި ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

މިއީ އިންޓަނޭޝަނަލް މުބާރާތެއްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މިކްސް ރިލޭއިން ހޯދި ފުރަތަމަ މެޑައްޔެވެ.

އިއްޔެ މިކްސް ރިލޭގެ 4 ގުނަ 400 މީޓަރު އިވެންޓްގައި ރާއްޖޭގެ ޓީމުން ދުވީ ރާއްޖޭގެ އެއްވަނަ ފިރިހެން ދުވުންތެރިޔާ ހަސަން ސާއިދު، އެއްވަނަ އަންހެން ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަން އަދި ހުސައިން ރިޒާ އާއި ޒިވާ މޫސާ އެވެ.

މިކްސް ރިލޭއިން ބްރޯންޒް މެޑަލް ހޯދި ތިން ގައުމުގެ އެތުލީޓުން މެޑަލް ސްޓޭންޑްގައި: ރަން މެޑަލް ހޯދީ މަޑަގަސްކަރަ، ރިހި މެޑަލް ރީޔޫނިއަން އަށް ބްރޯންޒް ރާއްޖެ އަށް --- މުހައްމަދު ޝާބިން | އެމްއޯސީ

މިކްސް ރިލޭއިން ބްރޯންޒް މެޑަލް ހޯދި ތިން ގައުމުގެ އެތުލީޓުން މެޑަލް ސްޓޭންޑްގައި: ރަން މެޑަލް ހޯދީ މަޑަގަސްކަރަ، ރިހި މެޑަލް ރީޔޫނިއަން އަށް ބްރޯންޒް ރާއްޖެ އަށް --- މުހައްމަދު ޝާބިން | އެމްއޯސީ

ޖުމުލަ ހަ ގައުމުން ވާދަކުރި ރޭސް ރާއްޖޭގެ ދުވުންތެރިން ތިންވަނައިގައި ނިންމީ 3:33.86 (3 މިނެޓާއި 33.86 ސިކުންތު) އިންނެވެ.

އެއްވަނަ ހޯދައިގެން ރަން މެޑަލް ހޯދީ މަޑަގަސްކަރާގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 3:29.68 ންނެވެ. ދެވަނަ ހޯދީ 3:30.33 ރީޔޫނިއަން އެވެ.

ހަތަރުވަނަ ހޯދީ މޮރިޝަސްގެ ޓީމެވެ. އެ ޓީމުން ރޭސް ނިންމީ 3:36.80 ންނެވެ. ފަސްވަނައިގައި މަޔޯޓޭން ރޭސް ނިންމީ 3:49.55 ންނެވެ. ހަވަނަ އަށް ދިޔައީ ސީޝެލްސް އެވެ. އެ ޓީމުން ރޭސް ނިންމީ 3:54.36 ންނެވެ.

މިއީ ވަރުގަދަ އަށް ތައްޔާރުވެ، އެތުލެޓިކްސްއިން ހޯދި ފުރަތަމަ މެޑަލް އެވެ. އިއްޔެ 100 މީޓަރުގައި ފައިނަލަށް ވެސް ސާއިދަށް ނުދެވުނެވެ.