30 އޯގަސްޓް 2023
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޕެރަލިމްޕިކް ދުވުންތެރިޔާ ފާތިމަތު އިބްރާހިމް ތާރީހީ މެޑަލްއެއް ހާސިލުކޮށްފި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޕެރަލިމްޕިކް ދުވުންތެރިޔާ ފާތިމަތު އިބްރާހިމް ތާރީހީ މެޑަލްއެއް ހާސިލުކޮށްފި އެވެ.
ޖަޕާނުގައި 2021 ގައި ބޭއްވި ޕެރަލިމްޕިކްސް ގޭމްސްގައި ވެސް ވާދަ ކުރި ފާތުން އިއްޔެ ހޯދި ބްރޯންޒް މެޑަލްއާ އެކު އޭނާ ވެފައިވަނީ މަލްޓި ސްޕޯޓްސް ގޭމްސް އަކުން ޕެރަ ކެޓަގަރީން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އަންހެން އެތުލީޓުގެ ޝަރަފު ހޯދައިފަ އެވެ.
ޕެރަލިމްޕިކް އެތުލީޓް ފާތުން (ވ) އާއި އޭނާގެ އެހީތެރިޔާ: ފާތުންނަކީ ޕެރަލިމްޕިކްސްގައި ގޭމްސް އަކުން މެޑަލް ހޯދި ފުރަތަމަ އަންހެން އެތުލީޓް --- ފޮޓޯ: އިސްމާއީލް ތޯރިގު | އެމްއޯސީ
ފާތުން: އަނދިރި ދުނިޔެއްގައި، އެކަމަކު ހުސް ކާމިޔާބު! https://t.co/RrZxBCNT79
— Mihaaru (@Mihaarunews) September 24, 2021
އޭރު ޕެރަލިމްޕިކްސްގައި ވާދަކޮށް ކަނޑައެޅިފައިވާ ވަގުތުގައި ރޭސް ނިންމި ރާއްޖޭގެ ހަމައެކަނި އެތުލީޓު ފާތުންގެ މެޑަލް އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޕެރަ ކެޓަގަރީން ރާއްޖޭން ހޯދި ދެވަނަ މެޑަލް އެވެ. އެންމެ ފަހުން މޮރިޝަސްގައި ބޭއްވި ގޭމްސްގައި ރާއްޖޭގެ މުހައްމަދު މާޒިން ވަނީ މެޑަލް ހޯދައިފަ އެވެ.
ރައްޒާގް (ކ) އޭނާގެ އެހީތެރިޔާ އާ އެކު: އަހަރެއް ކުރިން ތަމްރީން ފެށި ރައްޒާގު ފުރަތަމަ ގޭމްސްގައި މެޑަލް ހޯދައި އޭޏާ ވަނީ ޓާގެޓް ހާސިލުކޮށްފަ --- ފޮޓޯ: އިސްމާއީލް ތޯރިގު | އެމްއޯސީ
އިއްޔެ ޕެރަ ކެޓަގަރީން މެޑަލް ހޯދި އަބްދުރައްޒާގު، ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ވަނީ މެޑަލް ހޯދައިފަ އެވެ. މީގެ އަހަރެއް ކރިން ދުވުމުގެ ޓްރޭނިން ފެށި އަބްދުރައްޒާގް ކުރިން "މިހާރު" އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާގެ ކުރިމަތީގައި އޮތީ ތިން ޓާގެޓެއް ހާސިލު ކުރުން ކަމަށެވެ.
ލޯފަން، އެކަމަކު ރައްޒާގު ހުރީ މުހިންމު ތިން ރޭހަކަށް އަރައި! https://t.co/jEt96w0AZo
— Mihaaru (@Mihaarunews) March 10, 2023
އޭގެ ތެރެއިން އެއް ޓާގެޓަކީ ބައިނަލްއަގުވާމީ ގޭމްސް އަކުން ރާއްޖެ އަށް މެޑަލް ހޯދައި ދިނުމެވެ. އަނެއް ދެ ޓާގެޓަކީ މިހާރު އޭނާ ފަށައިފައިވާ ގުރުއާން ހިތުދަސް ކުރުމުގެ ޕްރޮގްރާމް ފުރިހަމަކޮށް ހާފިޒުކަމުގެ ސަނަދު ހޮދުމެވެ. އޭނާގެ ތިނަވަނަ ޓާގެޓަކީ އަންނަ އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސްގެ ޕެރަ ކެޓަގަރީ ގޭމްސްއިން ޖާގަ ހޯދުމެވެ.
އެތުލީޓުންގެ ކާމިޔާބު ފާހަގަކުރަން އިވެންޓެއް ބާއްވަނީ
އަންހެނުންގެ 4 ގުނަ 400 މީޓަރު ރިލޭއިން ބްރޯންޒް
ނަބާ، ނަބީއަށް ރަން، ސިންގަލްސްއިން ނަބީއަށް ރިހި
އަންހެން ރިލޭ ޓީމަށް ވެސް ތާރީހީ ލޯ މެޑަލް އެއް
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ސީޝެލްސް ބަލިކޮށް އަންހެން ބާސްކެޓް ޓީމު ސެމީ އަށް
މިކްސްޑް ރިލޭއިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑަލް
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ޓައެކްވޮންޑޯގެ ފާތިމަތަށް އަނެއްކާވެސް ބްރޯންޒެއް
ތްރީ އޮން ތްރީ ބާސްކެޓް ދެ ޓީމަށް ވެސް ލޯ މެޑަލް