އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.
އިއްޔެ ބޭއްވި ވާދަވެރި ރިޔާސީ އިންތިހާބުގައި ލައްކައަކަށް ވުރެ ގިނަ ވޯޓާ އެކު ދެވަނަ ބުރަށް ދަތުރުކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ތާއީދާއި ހިތްވަރު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު އެދިވަޑައިގެންފި އެވެ.
ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ އެ މެސެޖު ދެއްވީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މެދުވެރިކޮށެވެ.
ޔާމީނާ ބައްދުކުރައްވަން ޖަލަށް ކުރެއްވި ޒިޔާރަތަށް ފަހު، އެ ޓީމުގެ އަނެއް ދެ ވަކީލުންނާ އެކު ލޯންޗުގައި މާލެ ވަޑައިގަންނަވާ ތަން ފެންނަ ފޮޓޯއަކާ އެކު ކުރެއްވި ޓުވީޓެއްގައި ޖަމީލް ވިދާޅުވީ، މުއިއްޒަށް އިތުރަށް ތާއީދުކޮށް، ހިތްވަރުކޮށް، އިންތިހާބުގެ ދެ ވަނަ ބުރުގައި ކާމިޔާބީ ހޯދައި ދިނުމަށް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
"މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭ ހެޔޮ ފުރުސަތެއް،" ކުރީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖަމީލްގެ ޓުވީޓުގައި ވެ އެވެ.
މި އިންތިހާބުގެ ދެވަނަ ބުރަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި މުއިއްޒު ދަތުރުކުރެއްވި އިރު މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ. މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު 101،635 ވޯޓު ހޯއްދެވި އެވެ. އެއީ 46.6 ޕަސެންޓެވެ.
އިންތިހާބުގެ ތިންވަނަ ހޯއްދެވީ ޑިމޮކްރެޓިކްސް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އޭނާ އަށް ލިބިވަޑައިގަތީ 15،839 ވޯޓު ނުވަތަ ހަތް ޕަސެންޓެވެ.
އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް ޑރ. ޖަމީލަށް!
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
ޖޭޕީއާ އެކު ކޯލިޝަން ނުހަަދަން ޔާމީންގެ އެންގެވުމެއް!
ޔާމީން އެދުމަކީ މުުއިއްޒުގެ ކެމްޕެއިނުގައި ބައިވެރިވުން
މުއިއްޒުގެ އިންޓަވިއު: ޔާމީންގެ އެއްވެސް ޝަރުތެއް ނެތް
ޕީޕީއެމްގެ ޓިކެޓް ލިބޭނެ ކަމަށް އުންމީދުކުރިން: ވަހީދު
"މުއިއްޒުގެ ފަހަތުން ނުކުތީ ޔާމީންގެ އިރުޝާދުގެދަށުން"
މުއިއްޒު ނެގީ ޔާމީންގެ "ޖާގަ"އެއްނޫން، ފިލާވަޅުތައް
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް