03 ސެޕްޓެމްބަރ 2023
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ޓޫރިޒަމް އެމްޕްލޯއީސް އެސޯސިޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޔޫނިއަން ޓީމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ފަސް އަހަރު އެހެން އެއްވެސް ސަރުކާރަކުން އެ ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށް ނުކޮށްދޭ ވަރަށް ކަންކަން ފަހިކޮށްދިން ކަމަށެވެ.
މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން، ބޭރުގެ ބައިނަލްއަގްވާމީ ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ބުންޏެވެ. މިނިމަމްވޭޖު ތަންފީޒުކުމުން ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އަށް ބޮޑު ބަދަލެއް އައި ކަމަށާއި ރިސޯޓުތަކުން 10 ޕަސެންޓް ސާވިސް ޗާޖު ދޭން ލާޒިމުކޮށް، އެކަން ކުރާކަން މޮނިޓަ ކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރި ކަމަށް ވެސް ޓީމުގެ ބަޔާނުގައި ވެ އެވެ.
އެ ޖަމިއްޔާ އިން ބުނިގޮތުގައި، އުސޫލެއް އަދި ހަމައެއް ނެތި މުވައްޒަފުން ވަކިކުރުން ހުއްޓުވަން ގާނޫނު އިސްލާހު ކުރި އެވެ. ރިސޯޓު މުވައްޒަފުން ބޭނުންވި ގޮތަށް ސްކޫލް ޗުއްޓީ އަށް ސަރުކާރުން ބަދަލު ގެނައި ކަމަށާއި ރިސޯޓު މުވައްޒަފުންގެ މަސައްކަތު ވަގުތު ފިޔަވައި، އެހެން ވަގުތު ތަކުގައި ހުއްދަ ނެތި ރިސޯޓުން ނުކުރެވޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުން ވެސް ޓީމުން ފާހަގަކުރި އެވެ.
އެ ޖަމިއްޔާ އިން ބުނީ، އެ ކަންކަން ކޮށްފައިވާ އިރު ރިސޯޓު މުވައްޒަފުންނަށް ހާއްސަ ބޯހިޔާވަހިކަމުގެ ސްކީމެއް ދެން އަންނަ ދައުރެއްގައި، ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، އަންނަ ދައުރުގައި ވެސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް އޮތީ، މިހާރުގެ ވެރިކަން ދަމަހައްޓައިގެން ކަމަށް ޓީމުގެ ގިނަ މެންބަރުން ގަބޫލުކުރާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
ޓޫރިޒަމްގެ މީހުންނަށް 2ދުވަހުގެ ޗުއްޓީ ލިބޭގޮތް ހަދަނީ
ރައީސްގެ އަމާޒަކީ ފަސް މިލިއަން ޓޫރިސްޓުން
ޓޫރިޒަމްގެ އެންމެ ބިޔަ އެއް މަޝްރޫއު ވ. އަތޮޅުގައި
ސަރުކާރުގެ 15،000 މުވައްޒަފުންގެ މުސާރަ ބޮޑުކުރި
ގެސްޓްހައުސް ހަދަން ފުރުސަތު ހޯދީ މަޖިލިހުން
އިންޑިއާގެ ޓޫރިސްޓުން މަދުވެ ބޮޑު ގެއްލުމެއް: އިބޫ
ފަސްޓް ލޭޑީ ފަޒްނާ އާއި ސާޖިދާ ބައްދަލުކުރައްވައިފި
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ހެޔޮވެރިކަމެއް ކޮށްދެވުމުގެ އިހުސާސްކުރެވޭ: ރައީސް
ރައްޔިތުން ގާތު ނާހާ ނިޒާމުގެ ބަދަލެއް ނުގެންނާނެ