Roadha Mihaaru
މުއިއްޒަށް ވޯޓު ލިބޭނީ ރައީސަށް ވުރެ މަދުން: އިމްރާން

މުއިއްޒަށް ވޯޓު ލިބޭނީ ރައީސަށް ވުރެ 8 ޕަސެންޓް މަދުން: އިމްރާން

05 ސެޕްޓެމްބަރ 2023

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވޯޓު ލިބިވަޑައިގަންނަވާނީ ރައީސަށް ވުރެ 8 ޕަސެންޓް މަދުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރައީސްގެ ކެމްޕެއިނަށް ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ހދ. ގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުން މި ރަށްތަކުން ބޮޑު ތާއީދެއް ރައީސަށް ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ.-- ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުގެ ހިތުގެ އަޑިން ހިސާބުތަކުން ބަރާބަރަށް ޖަހައިފައި މި ދަންނަވަނީ. އެންމެ މަދުވެގެން ވެސް މުއިއްޒު އޮންނާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ 8 ޕަސެންޓް ދަށުގައި،" އޭނާ ވިދާޅުވި އެވެ.

"އެންމެ މަދުވެގެން ވެސް އަށް ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭ ދަށުގައި އޮންނާނީ."

ރޭގެ ޖަލްސާގައި އިމްރާން ވަނީ އެހެން ކެންޑިޑޭޓުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ

އިމްރާން ވިދާޅުވި ގޮތުގައި، އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސް އިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ މި އިންތިހާބު ސީރިއަސްކޮށް ނަގާ އިތުރު އެއްވެސް ކެންޑިޑޭޓަކު ނެތް ކަން އެނގިވަޑައިގެންފި ކަމަށެވެ.

މި އިންތިހާބަށް 8 ކެންޑިޑޭޓުން ކުރިމަތިލާއިރު، އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ "ހިލޭ ގެންގޮސް ރައީސް ކަން ދިނަސް"، ހަ މަސް ވަންދެން ވެސް އެ ޒިންމާ އަދާކުރެވޭނެ ފެންވަރުގެ ބައެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމަކު، އެއީ ކޮން ފަސް ކެންޑިޑޭޓުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެ ކެންޑިޑޭޓުން ވެރިކަމަކީ ބޮޑު ސަކަރާތަކަށް ހަދައިފި އެވެ.