Roadha Mihaaru
100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

100 ފޮށި: ރައީސާއި މުއިއްޒު ވާދަކުރައްވަނީ ވަރަށް ގާތުން

09 ސެޕްޓެމްބަރ 2023

ވާދަވެރި އަދި ފޯރިގަދަ ރިޔާސީ އިންތިހާބުގައި ވޯޓުލާން މިއަދު ހެނދުނު ހަތެއް ނުޖަހަނީސް ކިއު ހަދަން ފަށައިފި އެވެ.

ވާދަވެރި އަދި ފޯރިގަދަ ރިޔާސީ އިންތިހާބުގައި ވޯޓުލާން މިއަދު ހެނދުނު ހަތެއް ނުޖަހަނީސް ކިއު ހަދަން ފަށައިފި އެވެ.

މާލެ އާއި ބައެއް ރަށްރަށުގެ ވޯޓުފޮށިތައް ކައިރީގައި މިހާރު ވަނީ ކިއު ހަދައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ހެނދުނު 7:30 އިން ފެށިގެން ކިއު އަށް އެރޭނެ ކަމަށެވެ.

"ވޯޓުލާން ފުރަތަމަ އަންނަ 2 މީހުންގެ ހާޒިރުގައި ސެކިއުރިޓީ އުރަ ކަނޑާލުމަށް ފަހު 8 ޖަހާއިރު ވޯޓުލުން ފެށިގެން ދާނެ،" އޭނާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވި އެވެ.

ހަބީބް ވިދާޅުވި ގޮތުގައި ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގައި އޮފިޝަލުން ތިބީ ތައްޔާރަށެވެ.

މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮއްޓަން ވޯޓުލާން ބަޔަކު އެ ސްކޫލްގެ ބޭރުގައި ކިއު ހަދާފައި.---ފޮޓޯ: މިހާރު

މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައިވާ ވޯޓުފޮއްޓަން ވޯޓުލާން ބަޔަކު އެ ސްކޫލްގެ ބޭރުގައި ކިއު ހަދާފައި.---ފޮޓޯ: މިހާރު

ވޯޓުލާން ހަވީރު 4 ޖަހާއިރު ކިއޫގައި މީހަކު ނެތް ނަމަ ކިއު ބަންދު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، އާންމު ގޮތެއްގައި ވޯޓު ގުނަން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތުން މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުންނެވެ. އެހެން ނޫން ނަމަ ވޯޓު ބާތިލުވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އަދި 282،395 ވޯޓުލާން ޝަރުތު ހަމަވެ އެވެ. އޭގެ ތެރެއިން 27،006 އަށް ވުރެ ގިނަ މީހުންނަކީ 18 އަހަރު ފުރުމާ އެކު މި ފަހަރު އަލަށް ވޯޓު ލެވޭ ޒުވާނުންނެވެ.

ހުޅުމާލެ 2 ގެ ކާމިލް ދީދީ ޕްރީ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ހެނދުނު 6:30 ގައި ބަޔަކު ކިއޫ ހަދާފައި.

ހުޅުމާލެ 2 ގެ ކާމިލް ދީދީ ޕްރީ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓުލާން ހެނދުނު 6:30 ގައި ބަޔަކު ކިއޫ ހަދާފައި.

މިއަދުގެ ހެނދުނު 8 އިން ހަވީރު 4 އަށް ބާއްވާ ވޯޓުލުމަށް 574 ވޯޓުފޮށި މުޅި ރާއްޖޭގައި ބަހައްޓާފައި ވެ އެވެ. އޭގެ ތެރެއިން 176 ފޮށި ބެހެއްޓީ މާލެ ސަރަހައްދުގަ އެވެ. ރާއްޖެ އިން ބޭރުގައި 8 ފޮށި ހުންނާނެ އެވެ.

ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، ސައްހަ ވޯޓުގެ 50 ޕަސެންޓަށް ވުރެ ގިނައިން ނުލިބިއްޖެ ނަމަ ދެ ވަނަ ބުރެއްގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ގަ އެވެ. އެ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނެވެ.

މިއީ މިހާތަނަށް އެންމެ ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިހާބެވެ. ވާދަކުރާ 8 ކެންޑިޑޭޓުންގެ ތެރެއިން ތިން ބޭފުޅަކު ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ.