Roadha Mihaaru
ވޯޓުލާންފެށި ގޮތް ޖުމްލަކޮށް ރަނގަޅު: ޓްރާންސްޕޭރެންސީ

ވޯޓު ލާން ފެށި ގޮތް ޖުމްލަކޮށް ރަނގަޅު: ޓްރާންސްޕޭރެންސީ

09 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ވޯޓު ލާން ކަނޑައަޅާފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓު ލާން ފެށުނު ގޮތް ޖުމްލަކޮށް ރަނގަޅު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިޔާސީ އިންތިހާބުގެ ވޯޓު ލާން ކަނޑައަޅާފައިވާ ހުރިހާ މަރުކަޒެއްގައި ވޯޓު ލާން ފެށުނު ގޮތް ޖުމްލަކޮށް ރަނގަޅު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީން ބުނީ، މިއަދު ހެނދުނު 8:00 ގައި ވޯޓު ލާން ފެށިއިރު 85 ޕަސެންޓު މަރުކަޒުތަކުން ވޯޓު ލާން ފެށިތާ 10 މިނެޓު ތެރޭގައި ވޯޓު ލުން ފެށި ކަމަށެވެ. އަދި ހެނދުނު 9 ޖެހި އިރު ވޯޓު ލާން ފެށި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ. އެ ޖަމިއްޔާ އިން ބުނީ، ވޯޓުލުމުގެ ވަގުތު ޖެހުނު އިރު ހުރިހާ މަރުކަޒެއްގައި ވެސް ގަޑިއަށް އޮފިޝަލުން ހާޒިރުވި ކަމަށެވެ. އަދި ކެންޑިޑޭޓުންގެ މަންދޫބުން ވެސް ވޯޓު ލާ މަރުކަޒުތަކުގައި ތިބި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ، ވޯޓު ލާ މަރުކަޒުތަކުގައި ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ތިބި އިރު 90 ޕަސެންޓު މަރުކަޒުތަކުގައި މަދުވެގެން ތިން ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ. އަދި 72 ޕަސެންޓު މަރުކަޒުގައި ޕީޕީއެން/ޕީއެންސީ ކެނޑިޑޭޓުންގެ މަންދޫބުން ތިރިބި އިރު 71 ޕަސެންޓު މަރުކަޒުގައި އެމްޑީޕީގެ ކެނޑިޑޭޓުންގެ މަންދޫބުން ތިބި ކަމަށެވެ.

އެ ޖަމިއްޔާގެ އޮބްޒާވަރުން ރިޕޯޓުކޮށްފައިވާ ގޮތުގައި 97 ޕަސެންޓް ފޮށިތައް ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. ބާކީ ތިން ޕަަސެންޓު ފޮށިތައް ހުރި މަރުކަޒުތަކުގެ ވޯޓު ލުން ކުރިއަށްދާ ގޮތް އެ ޖަމިއްޔާގެ އޮބްޒާވަރުން ކައިރިން ބަލަމުން އަންނަ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ޓްރާންސްޕޭރެންސީގެ 400 އެއްހާ އޮބްޒަވަރުން މި އިންތިހާބުގެ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވެ އެވެ.