ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުން ދެއްކެވި ވާހަކަތައް ހަނދާނުގައި އެބަހުރި ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.
04 ނޮވެމްބަރ 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި ބޭފުޅުން ދެއްކެވި ވާހަކަތައް ހަނދާނުގައި އެބަހުރި ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ހޫނު ރައްދެއް ދެއްވައިފި އެވެ.
މި މަހުގެ 17 ގައި ރައީސްކަމުގެ ހުވާކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް އެހެން ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ނައިބު ރައީސް އަދި ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މި ފަހުން ޔާމީން ޕީޕީއެމްގެ އޮފީހުގައި ލީޑަޝިޕާ ވަކިން ބޭއްވި ބައްދަލުވުންތަކުގައި އެ މަނިކުފާނާ އެންމެ އަރިސްކޮށް ހުންނަވާ ޖަމީލް ވިދާޅުވި ގޮތުގައި އިންތިހާބީ ރައީސް މުއިއްޒުގެ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު ގޯހަކީ މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުނު ގޮތް ހަނދާން ނައްތާލުމެވެ.
"ކިހިނެތް ހޭ [ވެރިކަމަށް] އައީ، ކާކު ހޭ އެންމެ ބޮޑު ގުރުބާނީއެއް ވީ، ރައީސް ޔާމީން. ކޮން ބައެއްގެ މަސައްކަތެއް ހޭ، ދިވެހިރާއްޖޭގެ އެތަކެއް ރައްޔިތުންގެ ބުރަ މަސައްކަތް،" ޖަމީލް ވިދާޅުވެފައި ވެ އެވެ.
އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އައްޑު އަށް މިހާރު ކުރައްވާ ދަތުރުގެ ތެރޭގައި ރޭ ހުޅުދޫގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މުއިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި އެ ހިސާބަށް އާދެވުނު ގޮތާއި ވެރިކަން ހޯދަން ކުރި މަސައްކަތަށް އެއްބާރުލުން ދިން މީހުން ހަނދާނުގައި އެބަހުރި ކަމަށެވެ.
އެ މަންޒަރު އަޅުގަނޑުމެންގެ ލޮލަށް އެބަ ފެނޭ، އެ އަޑުތައް އަޅުގަނޑުމެން ކަންފަތަށް އެބަ އިވޭ. އެ ހަނދާންތަކެއް ފިލައިގެން ނުދާނެ،"--- އަބްދުއްރަހީމް
އެއާ ދެކޮޅަށް މަސައްކަތް ކުރެއްވި މީހުންނާއި ގައުމަށް އަނިޔާވެރިވެ، އެމްޑީޕީގެ ސަރުކާރެއް ގެނެސްގެން ގައުމު ސުންނާފަތި ކުރަން މަގުފަހި ކުރުވީ ވެސް ކޮން ބޭފުޅުންތަކެއް ކަން ވެސް ހަނދާނުގައި އެބަހުރި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެމްޑީޕީ އަށް 2018 ވަނަ އަހަރު ވެރިކަން ލިބުނީ ޔާމީންގެ ވެރިކަން ނިންމަން ނުކުތް ބަޔަކު ފެތުރި ދޮގު ވާހަކަތަކެއްގެ ސަބަބުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހަގީގަތެއް ނެތް ބުހުތާނު ދޮގު ވާހަކަތަކެއް ދައްކައި ޔާމީންގެ އިސްތަށިފުޅުގައި ނާޅުވާކަށް އިލްޒާމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން އިސްވެ، ޕީޕީއެމްގެ ލީޑަޝިޕާ ނުލައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވާއިރު، ޖަމީލް އެ ވާހަކަފުޅު އަޑުއައްސަވަނީ - ފޮޓޯ: ނިޝާން އަލީ | މިހާރު
"އެ މަންޒަރު އަޅުގަނޑުމެންގެ ލޮލަށް އެބަ ފެނޭ، އެ އަޑުތައް އަޅުގަނޑުމެން ކަންފަތަށް އެބަ އިވޭ. އެ ހަނދާންތަކެއް ފިލައިގެން ނުދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ވާހަކަ ދެއްކެވި ބޭފުޅުން މިއަދު އަޅުގަނޑުމެން ވެރިކަމާ ހަމައަށް އާދެވުނީމާ ވެރިކަމަށް އާދެވުނު ގޮތް ހަނދާން ނެތުނަސް މި ވެރިކަން ގެންނަން މަސައްކަތް ކުރި އަޅުގަނޑުމެންގެ ޓީމަކުން އެ ހަނދާނެއް ނުނެތޭނެ." އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރަން އައްޑޫ ހުޅުދޫގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.
ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޖަމީލްގެ އިތުބާރު ނެތް މައްސަަލައެއް ނަގައި މަގާމުން ދުރު ކުރި ހިސާބުން ފެށިގެން އެ މަނިކުފާނު ގެންދެވީ ޔާމީނާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން ޔާމީނަށް ވައްކަމާއި ހިޔާނާތުގެ އެތައް ތުހުމަތުތަކެއް ޖަމީލް ކުރެއްވި އެވެ. ޔާމީންގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީ އާއި އެހެނިހެން ސިޔާސީ ޕާޓީތަކާއެކު ފުރަތަމަ އުފެއްދި އިދިކޮޅު އިއްތިހާދުގެ ވެސް ކުރީގައި ޖަމީލް ހުންނެވި އެވެ. ޔާމީންގެ ވެރިކަން ބަދަލުކުރަން އެންމެ އިސްވެ، މަސައްކަތް ކުރެއްވި ޖަމީލް ވަނީ ޔާމީންގެ އަބުރަށް ހުތުރުވާ ގޮތަށް އެތައް ވާހަކަފުޅެއް އެކިއެކި ޕްލެޓްފޯމުތަކުގައި އޭރު ދައްކަވައިފަ އެވެ.
ނަމަވެސް މި ވެރިކަމުގެ ތެރޭގައި ޖަމީލް އަނެއްކާވެސް ޕީޕީއެމާ ގުޅިވަޑައިގެން ޔާމީނާ އެކު، މަސައްކަތް ކުރެއްވި އެވެ. ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލަކީ ވެސް ޖަމީލެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވާނެ ކަމުގެ އުންމީދުގައި އަނެއްކާ ވެސް މި އަހަރު ވެރިކަމަށް ކުރިމަތިލައްވަން ނިންމެވިއިރު، ޔާމީންގެ ރަނިންމޭޓަކަށް ވެސް ކަނޑައެޅުއްވީ ޖަމީލެވެ.
ޕީޕީއެމްގެ ލީޑަޝިޕް އެކަހެރިކޮށް، ޔާމީން އެންމެ ފަހުން ބޭއްވި ދެ ބައްދަލުވުމުގައި ވެސް އެންމެ އަރިހުގައި އިންނެވީ ވެސް ޖަމީލެވެ. ޖަމީލް ގެންދަވަނީ މުއިއްޒުގެ ޓީމަށް އެ ބައްދަލުވުންތަކުގައި ވެސް ނުސީދާ ރައްދުތައް ދެއްވަމުންނެވެ.
މުއިއްޒަށް އިތުރަށް ތާއީދު ހޯދައިދޭން ޔާމީން އެދިއްޖެ
ބަޔަކު ޕާޓީއެއް އުފައްދާތީ ނުވިސްނަން: އަބްދުއްރަހީމް
އަބްދުއްރަހީމްގެ ސިޔާސީ ހަޔާތް ކަފުން ވެދާނެ ވަގުތުކޮޅު
ޔާމީނަށް ދިން އިންޒާރަށް އެއްޗެއްބުނަން މުނާސަބެއް ނޫން
ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އެކުގައި: އަދުރޭ
ޔާމީނަށް އޮތް ބިރާއެކު ޕީޕީއެމް ބައިބައިވުމާ ދިމާލަށް؟
ޕީޕީއެމް މީހުން ޕީއެންސީއަށް ގެންނަން މުއިއްޒު ދެކޮޅު
ޕީޕީއެމް/ޕީއެންސީން ބޮޑު މެޖޯރިޓީއެއް ހޯދަންޖެހޭ
ޕީއެންސީއަށް މެންބަރުން އިތުރުކުރާތީ ޔާމީންގެ ނުރުހުން!
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު