Roadha Mihaaru
ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެެއްޖެ

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ

12 ސެޕްޓެމްބަރ 2023

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު މަރުވެއްޖެ އެވެ.

ފުވައްމުލަކުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ މިއަދު މަރުވެއްޖެ އެވެ.

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް މިއަދު ހެނދުނު މަރުވީ އެ ރަށު ދެބުދާރުގެ، އިސްމާއިލް ހަސަން، 30، އެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓް ހިނގީ ހޮނިހިރު ދުވަހުގެ ރޭ 11 ޖަހާކަން ހާއިރު ނައިބުތުއްތު މަގުން އޭނާ ދުއްވި ސައިކަލް ބަމްޕަރަކަށް އަރައި ކަހާލައިގެންނެވެ.

އޭނާ އަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ އަށް މާލެ ގެނައީ އާދިއްތަ ދުވަހު އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލ. ގަމުގައި ކަރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ވެސް ވަނީ މަރުވެފަ އެވެ.