ބޮޑެތި ހަރަދުތައް ކޮށްގެން މަގުތައް ހަދަނީ ގަވާއިދާ ހިލާފަށް ރޭސްޖެހުމަށް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
10 އޯގަސްޓް 2024
ބޮޑެތި ހަރަދުތައް ކޮށްގެން މަގުތައް ހަދަނީ ގަވާއިދާ ހިލާފަށް ރޭސްޖެހުމަށް ނޫން ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ބޭއްވި 100 ވަނަ ޓްރެފިކް މޮނީޓަރުން ތަމްރީނުގެ ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ، މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރެވޭނީ އެންމެން ވެސް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށެވެ. އެކަމަކު ބައެއް މީހުންގެ އަމަލުތަކުގެ ސަބަބުން ގަވާއިދާ އެއްގޮތަށް މަގުތައް ބޭނުންކުރާ މީހުންނަށް ވެސް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުތަކީގެ ސަލާމަތްތެރިކަން ކަށަވަރު ކުރެވޭނީ ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް، ވެހިކަލް ދުއްވުން ހުއްޓިގެންނެވެ.
"މި ކުދިން ބޮޑުވުމުން ޓްރެފިކް ޕޮލިހެއް ނުފެނުނަސް ގަވާއިދުތަކާ އެއްގޮތަށް ދުއްވާނެ ކަމަށް ގަބޫލުކުރެވޭ. ނަތީޖާއަކީ އެކްސިޑެންޓުތައް މަދުވެ، އަނިޔާވާ މީހުން ވަރަށް ބޮޑަށް މަދުވުން،" ސީޕީ ޝުޖާއު ވިދާޅުވި އެވެ.
އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ ވެސް މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބާ ޖީލެއް ބިނާކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް އެތައް އެކްސިޑެންޓެއް ހިނގާއިރު، އެ އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންނަށް ބައެއް ފަހަރު ދިގު މުއްދަތަކަށް ބޭސްކުރަން ޖެހުމާއި ފުރާނަ ގެއްލޭ ފަހަރު ވެސް މެދުވެރިވެ އެވެ.
ފުވައްމުލަކުގައި ދެ އެކްސިޑެންޓެއް، އެކެއްގެ ހާލު ގޯސް
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް!
ސައިކަލަކުން ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސް
ފުވައްމުލަކު އެކްސިޑެންޓް:2 މީހުން ފަރުވާއަށް މާލެއަށް
ފުވައްމުލަކުގައި އެކްސިޑެންޓެއްވެ، ޒުވާނެއްގެ ހާލު ގޯސް
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް މާދަމާ
ފުވައްމުލަކުގަ އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާވެއްޖެ
ފުވައްމުލަކުގައި އެކްސިޑެންޓު ހިނގައި އެކަކު މަރުވެއްޖެ
ފުވައްމުލަކު އެކްސިޑެންޓް: އެކަކު އައިސީޔޫގައި
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ