Roadha Mihaaru

ފުވައްމުލަކުގައި ސައިކަލަކުން ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސް

ފުވައްމުލަކުގެ މަގުތައް ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލުން މަގުމައްޗަށް ވެއްޓިފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

ސައިކަލަކުން ވެއްޓުނު ކުއްޖެއްގެ ހާލު ސީރިއަސް
އިފްރާޒް އަލީ
އިފްރާޒް އަލީ

09 ޑިސެމްބަރ 2023

ފުވައްމުލަކުގެ މަގުތައް ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލުން މަގުމައްޗަށް ވެއްޓިފައި އޮތް ކުއްޖަކު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ސައިކަލާ އެކު ވެއްޓިފައި އޮތް އެ ކުއްޖާ ފެނުނީ ރޭ މެންދަމު 3:40 ހާއިރު ފުވައްމުލަކުގެ މާލެގަން އަވަށުގެ މަގަކުން ކަމަށެވެ. އަދި މިހާރު އެ ކުއްޖާ އަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެއީ 14 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.