Roadha Mihaaru
"އުތުރުތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފް ކޮންޓްރޯލް"

"އުތުރު ތިލަފަޅުގައި އޮންނާނީ އެމްއެންޑީއެފްގެ ފުލް ކޮންޓްރޯލް"

16 ސެޕްޓެމްބަރ 2023

އުތުރު ތިލަ ފަޅުގައި އިންޑިޔާ ސަރުކާރުގައި އެހީގައި ތަރައްގީ ކުރަމުން އަންނަ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ބަނދަރާ ގުޅުވައި ތަފާތު ތުހުމަތުތައް ދަނީ ކުރަމުންނެވެ. އެތަނުގައި އަޅަނީ އިންޑިޔާގެ އަސްކަރީ މަރުކަޒެއް ކަމަށް އެއްބަޔަކު ބުނެ އެވެ. ބޮޑެތި ބަޑި ބަހައްޓައިގެން އިންޑިއާ ސިފައިން ތިބި ތިބި ކަމުގެ ވާހަކަތަކެއް ވެސް ވަރަށް ގަދައަށް ދައްކަ އެވެ. އިންޑިޔާގެ ހުއްދަ ނެތި އެމްއެންޑީއެފަށް އެތަނަށް ނޭރޭ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ޔޫޓީއެފްގައި އަޅަމުންދާ އެމްއެންޑީއެފްގެ "އެކަތަ ބަނދަރު" ގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތް ބަލައިލަން މިއަދު ހަވީރު ބައެއް ނޫސްވެރިން އެތަނަށް ގެންދިޔަ އެވެ.

ނޫސްވެރިން އެ ތަނަށް ފޭބި އިރު ވެސް، ވަށައިގެން ފެންނަން އޮތީ ފަޅު ހިއްކާފައި އޮތް ފަސްގަނޑެވެ. ވެލި ފުރޭނުމާއި ފަސްގަނޑު އެއްވަރުކުރުމުގައި ބޮޑެތި ޑަމްޕަރު ތަކާއި ހައި މާކުތައް ދެކޮޅަށް ދުއްވަ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ އިންޑިޔާގެ މޯހަން މުތާ ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވެސް ރަށުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ.

އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރަން ބިން ހިއްކާފައި --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރަން ބިން ހިއްކާފައި --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އިންޑިއާ ކުންފުންޏެއް ވީމާ ގިނައީ އިންޑިއާ މީހުން. އެކަމަކު ބަންގްލަދޭޝް މީހުން ވެސް އުޅޭނެ،" އެމްއެންޑީއެފް އިސް އޮފިޝަލަކު ނޫސްވެރިން ގާތު ވިދާޅުވި އެވެ.

އެކަމަކު އޭގެ ތެރެއިން ގިނަ މީހުން ކޮންމެ ދުވަހަކު މަސައްކަތް ނިންމާފައި ނިދަން ދަނީ ހުޅުމާލެ އާއި ތިލަފުށިގައި ހުންނަ އެކޮމޮޑޭޝަން ތަކަށެވެ. އެއީ އެ އެންމެން ބޭތިއްބޭ ވަރަށް އުތުރު ތިލަފަޅުގައި އަދި އެކޮމޮޑޭޝަން ނެތުމުންނެވެ. އެ ތަނުގައި މަސައްކަތް ކުރާ ހުރިހާ މީހުންނަކީ ވެސް ސިވިލް މީހުން ކަމަށާއި އަސްކަރީ އެއްވެސް މީހަކު ނެތް ކަމުގެ ޔަގީންކަން ވެސް އެމްއެންޑީއެފުން ދިނެވެ.

ރަށުގެ ހުޅަނގު ފަރާތުގައި އިތުރު އެކަމަޑޭޝަން ބްލޮކްތަކެއް އަޅަމުންދާ އިރު، އެ މަސައްކަތް ވެސް ނުނިމެ އެވެ. މުޅި ރަށުގައި ހުރީ މަދު އިމާރާތްތަކެކެވެ. އެއީ 2013 ވަނަ އަހަރު ސިފައިން އަމިއްލަ އަށް ހިއްކި އެއް ހެކްޓަރުގެ ބިމުގައި އަޅާފައި ހުރި، ޖެޓީ އާއި އިންވެގެން ހުރި އިމާރާތްތަކެކެވެ. ދެން ހުރީ އެ ތަނުގައި މަސައްކަތް ކުރާ ބިދޭސީން ބޭނުންކުރާ ކޮންޓެއިނަރު އެކަމަޑޭޝަންތަކަކާއި އިންޖީނުގެ އާއި ބަދިގެ އެވެ.

އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގައި މޯހަން މުތާ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުތުރު ތިލަ ފަޅުގައި ކޯސްޓުގާޑު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގައި މޯހަން މުތާ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފަނަރަ ހެކްޓަރުގެ ބިން ހިއްކައިގެން މިދިޔަ ޖެނުއަރީ މަހު ތަރައްގީ ކުރަން ފެށި އެކަތަ ހާބަރުގައި ބަޔަކު ތިބޭނެ މާ ގިނަ ތަންތަނެއް އަދި ނެތެވެ. މީގެ 24 މަސް ފަހުން، ޖެނުއަރީ 2025 ގައި މަޝްރޫއު ނިމޭ އިރު، އެ ރަށުގައި ހަދަނީ ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށް، މަރާމާތު ކުރެވޭނެ ތަނެކެވެ. އެކަމަޑޭޝަނާއި ކްލާސްރޫމްތައް ހުންނަ އިމާރާތަކާއި ހެލިކޮޕްޓަރު ޖެއްސޭ ގޮތަށް ހެލިޕޭޑެއް ވެސް އެތަނުގައި ހަދާނެ އެވެ.

"މިއީ އަސްކަރީ ގޮތުން ތަރައްގީ ކުރާ ތަނެއް ނޫން. މިއީ ބަނދަރެއް. މި ތަނުގައި ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ގެނެސް މަރާމާތު ކުރެވޭ ގޮތަށް ތަރައްގީ ކުރާނީ،" މިހާރު ކޯސްޓްގާޑު އުޅަނދުތައް ތިލަފުއްޓަށް ގެންގޮސްގެން މަރާމާތުކުރުން ނިމުމަކަށް އަންނާނެ ކަން ފާހަގަކުރައްވައި އޮފިޝަލް ވިދާޅުވި އެވެ.

އުތުރު ތިލަ ފަޅުގައި 2013 ގައި ސިފައިން އަމިއްލަ ހިއްކި ސަރަހައްދުގައި ބަހައްޓާފައި ހުރި ރަމްޒީ ބަޑިއެއް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އުތުރު ތިލަ ފަޅުގައި 2013 ގައި ސިފައިން އަމިއްލަ ހިއްކި ސަރަހައްދުގައި ބަހައްޓާފައި ހުރި ރަމްޒީ ބަޑިއެއް. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މި ތަނުގައި އޮންނާނީ އެމްއެންޑީއެފްގެ ފުލް ކޮންޓްރޯލް. މި ތަނުގައި ބޭރުގެ ސިފައިންނެއް ނެތް. އަދި ނުވެސް ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެއީ އެމްއެންޑީއެފުން ދިން ޔަގީންކަމެވެ. މިއީ އެއްވެސް ހާލެއްގައި ގިނަ އަދަދަކަށް ސިފައިން ތިބެން ހަދައި އަސްކަރީ މަރުކަޒެއް ނޫން ކަމެވެ. އެތަނަކީ ބަނދަރެކެވެ. ތިބެންޏާ ވެސް ތިބޭނީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ އޮފިސަރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.