Roadha Mihaaru
އިންޑިއާ އާއި ދިވެހި ސިފައިންގެ ބޭންޑް ހަރަކާތްތަކެއް

އިންޑިއާ އާއި ދިވެހި ސިފައިންގެ ބޭންޑް ހަރަކާތްތަކެއް މާދަމާ ބާއްވަނީ

29 މާޗް 2017

އިންޑިއާގެ ތިން މަނަވަރުގެ ސިފައިންނާއި ދިވެހި ސިފައިންގެ ބޭންޑް ހަރަަކާތްތަކެއް މާދަމާ ޖުމްހޫރީ މައިދާންގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޚަދީޖާ ހާޒިމާ ޚަދީޖާ ހާޒިމާ

އިންޑިއާގެ ތިން މަނަވަރުގެ ސިފައިންނާއި ދިވެހި ސިފައިންގެ ބޭންޑް ހަރަަކާތްތަކެއް މާދަމާ ޖުމްހޫރީ މައިދާންގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާ އާއި ދިވެހި ސިފައިންނާ ދެމެދު ގުޅުން އާލާކުރުމުގެ ގޮތުން ބާއްވާ މި ހަރަކާތްތައް ބަލައިލުމުގެ ފުރުސަތު ކޮންމެ އުމުރެއްގެ މީހަކަށް ވެސް އޮންނާނެ ކަމަށެވެ.

"މިއީ އެންމެންނަށް ވެސް ހުޅުވާލައިގެން ބާއްވާ ހަރަކާތްތަކެއް،" އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ފުދޭވަރެއްގެ ފޯރިގަދަ ރާގުތަކެއް ކުޅޭނެ. ދެން އެމީހުންގެ ސަގާފީ ބައެއް ކަންކަން ވެސް ދައްކާނެ."

އިންޑިއާގެ ތިން މަނަވަރު ރާއްޖެ އައީ މިދިއަ ހޯމަދުވަހު އެވެ. މި މަނަވަރުތައް ރާއްޖެ އިން ފުރާނީ އަންނަ ހުކުރުދުވަހު އެވެ.