Roadha Mihaaru
ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ

ރާއްޖެ އާއި އިންޑިއާގެ އަސްކަރީ ތަމްރީނުތަކެއް އިންޑިއާގައި ބާއްވަނީ

14 ޑިސެމްބަރ 2017

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއް މާދަމާ ފެށުމަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އިންޑިއާގައި އަސްކަރީ ތަމްރީނުތަކެއް މާދަމާ ފެށުމަށް ހަމަޖައްސައިފި އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން "އެކުވެރިން" ގެ ނަމުގައި މާދަމާ ފަށާ އެ ތަމްރީނުތައް ކުރިއަށް ގެންދާނީ ކަރްނަޓާކާ ސްޓޭޓްގެ ބެލްގަމްގަ އެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ އެ ތަމްރީނުގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ދެ ގައުމުގެ ސިފައިންގެ ތަޖްރިބާ ހިއްސާ ކުރުން ކަމަށް އިންޑިއާގެ މީޑިއާގައި ވެ އެވެ.

އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތައް ދޭތެރެދޭތެރެއިން އަންނަނީ ބާއްވަމުންނެވެ. އެންމެ ފަހުން ދެ ގައުމު ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ހިންގާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ތަމްރީނުތައް ކުރިއަށް ގެންދިޔައީ ލ. ކައްދޫގަ އެވެ.

ދާދި ފަހުން ދިވެހި ސިފައިން ވަނީ ހަތިޔާރާ އެކު މާލޭގައި ވެސް އަސްކަރީ ތަމްރީނުތަކެއް ބާއްވައިފަ އެވެ.