މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ ލިބުން ލަސްވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ލޯނަށް ހުށަހެޅުމުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
21 ސެޕްޓެމްބަރ 2023
މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ ލިބުން ލަސްވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ލޯނަށް ހުށަހެޅުމުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ބައެއް ދަރިވަރުންގެ ލޯނު ލިބުން ލަސްވެ، ކިޔަވަން ނުފުރިގެން ސޯޝަލް މީޑިއާގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަނެއްބައި ދަރިވަރުންނަށް ލޯނު ލިބުނަސް ވިސާ ހަމަޖެއްސުމަށް ބޭނުންވާ ބައެއް ލިޔުންތައް ނުލިބޭ މައްސަލަ ވެސް ފާހަގަ ކޮށްފައި ވެ އެވެ.
ލޯނު ލިބުން ލަސްވާ މައްސަލައިގައި "މިހާރު" އިން ސުވާލު ކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ލޯނު ދީފައިވާ ބައެއް ދަރިވަރުންގެ ލޯނުތައް ލަސްވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ލޯނުތައް ދޫކުރުން ލަސްވީ ލޯނު ދީފައިވާ ގައުމުތަކުގެ ޔުނިވާސިޓީތަކުން މިނިސްޓްރީ އަށް ލިބެންޖެހޭ ބައެއް ޑޮކިއުމަންޓްތައް ނުލިބިގެން ކަމަށެވެ.
"އެހެން އަހަރު ތަކުގައި ލޯނުދޭ ދަރިވަރުން، އެންމެ ގިނަވެގެން އެދޭނީ 60 ޕަސަންޓު. މި ފަހަރު އާދަޔާ ހިލާފަށް ގިނަ ދަރިވަރުން ކުއްލިއަކަށް ލޯނު ޕްރޮސެސް ކުރަން އެދުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހާ ގިނަ އަދަދެއްގެ ކުދިން އެއްފަހަރާ ލޯނަށް އެދުނީ އިންތިހާބަށް ފަހު ލޯނު ކެންސަލް ވެދާނެ ކަމަށް ބަޔަކު ވާހަކަ ދެއްކުމުން ކުދިންތައް ހާސްވެގެން. ވަރަށް ގިނަ ކުދިން ޕްރޮސެސް ކުރަން ލި."
ވިލާ ކޮޖެލުގެ ދަސްވެނިވުމުގެ ހަފުލާގައި ބައެއް ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޯނުތައް އަވަހަށް ނިންމަން މިހާރު ގެންދަނީ އިތުރު މުވައްޒަފުންނާ އެކު މަސައްކަތް ކުރަމުންނެވެ. އިތުރު ވަގުތުތަކުގައި ވެސް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
"އަވަހަށް ފުރާ ކުދިންނަށް އިސްކަން ދީގެން އެޕްލިކޭޝަންތައް ޕްރޮސެސް ކުރަމުން މި ދަނީ. ލޯނު ލިބިފައި ހުރި އެއްވެސް ކުއްޖެއްގެ ލޯނު ކެންސަލެއް ނުވާނެ. ލޯނު ލިބުނު ހުރިހާ ކުދިންނަށް ވެސް ފައިސާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި މި ފަހަރު 720 ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށެވެ. އެއީ ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔެވުމުގެ ޖާގަތަކެވެ.
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ތައުލީމުގެ ލޯނު ލިބޭ ދަރިވަރުންގެ އަދަދު އިތުރުކޮށްފި
ލޯނުން ބާކީވި ފައިސާއިން ކިޔަވަން އިތުރު ފުރުސަތު ދެނީ
މަތީ ތައުލީމް ލޯނު: ގިނަ ދަރިވަރުން ޑިސްކޮލިފައިވެއްޖެ
ސްޓޫޑެންޓު ލޯނުގެ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފި
އިދާރީ ފީ ކުޑަކޮށް މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި
މަތީ ތައުލީމުގެ ލޯނަށް ހާހަކަށް ވުރެ ގިނަ ދަރިވަރުން
މަތީ ތައުލީމަށް 340 މިލިއަނަށް ވުރެ ގިނަ ރުފިޔާ
ލޯނު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާނުކޮށްފި
ލޯނު ލިބޭ ދަރިވަރުން ވަރަށް އަވަހަށް އިއުލާނުކުރާނަން