Roadha Mihaaru
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި

މިދިޔަ މަހު ފެމިލީ ކޯޓުގައި 171 ކައިވެނި، 132 މީހުން ވަރިކުރި

25 ސެޕްޓެމްބަރ 2023

މިދިޔަ މަހު 171 މީހުން ކައިވެނި ކުރިއިރު 132 މީހުން ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހު 171 މީހުން ކައިވެނި ކުރިއިރު 132 މީހުން ވަރި ކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރިި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 171 މީހުން ކައިވެނި ކުރިއިރު މިދިޔަ މަހު 132 މީހުން ވަރި ކޮށްފައިވެ އެވެ. އަދި މިދިޔަ މަހު އެންމެ ގިނައިން އެ ކޯޓަށް ހުށަހެޅީ ވެސް ވަރީގެ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވެސް ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. އެފަދަ 83 މައްސަލައެއް ހުށަހެޅިއިރު ވަރި ސާބިތު ކުރުމުގެ 67 މައްސަލައެއް އަދި ވަރި ކުރުމަށް 32 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ވަރީގެ މައްސަލަތައް ފިޔަވައި ދެން އެންމެ ގިނައިން ހުށަހެޅީ އާއިލީ އެހެނިހެން މައްސަލަތަކެވެ.

ތިން ވަނައަށް އެންމެ ގިނައީ ހަރަދުގެ މައްސަލަތަކެވެ.