މިދިޔަ މަހު މާލޭގައި 190 ކައިވެނިކޮށް އަދި 117 މީހަކު ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
21 ޖުލައި 2022
މިދިޔަ މަހު މާލޭގައި 190 ކައިވެނިކޮށް އަދި 117 މީހަކު ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު 190 މީހުން ކައިވެނިކޮށް އަދި 117 މީހުން ވަރި ކުރިއިރު، ވަރީގެ 145 މައްސަލައެއް ވެސް ނިންމި އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކޯޓުން ބޭރުގައި ވަރި ކުރުމަށްފަހު ވަރި ސާބިތުކުރަން ހުށަހެޅި މައްސަލަތަކެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ފެމިލީ ކޯޓުން އެންމެ ގިނައިން ނިންމީ ވެސް ވަރީގެ މައްސަލަތަކެވެ. މިދިޔަ މަސް ނިމުނުއިރު އެންމެ ގިނައިން ނުނިމި ހުރީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.
ދެވަނައަށް އެންމެ ގިނައިން ނިންމީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެވެ. ތިން ވަނައަށް އެންމެ ގިނައީ އާއިލީ އެހެން މައްސަލަތަކެވެ. އޭގެ ތެރޭގައި ސާބިތު ޚަރަދުގެ މައްސަލަތަކުގައި ހުކުމް ތަންފީޒާއި ވަލީ ހޯދުން ފަދަ މައްސަލަތައް ހިމެނެ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ގެވެށި އަނިޔާގެ ހަތް މައްސަލައެއް ހުށަހެޅިއިރު، ހަތް މައްސަލައެއް ވަނީ އެ މުއްދަތުގައި ނިންމައިފަ އެވެ. އެފަދަ މައްސަލަތައް ހުށަހެޅި މީހުންގެ 86 ޕަސެންޓަކީ އަންހެނުން ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
މައިން ރޮނީ ހަރަދުނުދޭތީ، ބައްޕަ ރޮނީ ދަރި ނުފެންނާތީ
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ
މިދިޔަ މަހު 195 ކައިވެނި، 127 މީހުން ވަރިކުރި
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟