އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
21 ޑިސެމްބަރ 2023
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ފެމިލީ ކޯޓުން މިއަހަރުގެ އަޟްހާ އީދާ ގުޅިގެން ބައެއް ދުވަސްތަކުގައި ކައިވެނިކޮށެއް ނުދެ އެވެ.
ނަމަވެސް ފެމިލީ ކޯޓުން ބުނިގޮތުގައި އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި އެ ކޯޓުން ކައިވެނިކޮށް ދޭނެ އެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނުން ފެށިގެން ރޭގަނޑު 9 އާ ހަމައަށް އެ ކޯޓުގައި ކައިވެނިކޮށް ދޭނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.
ފެމިލީ ކޯޓުން ބުނީ އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނިކޮށް ދޭނީ ހަވީރު 3 އިން ފެށިގެން ރޭގަނޑު 9 އާ ހަމައަށް ކަމަށެވެ. ނަމަވެސް ރިސޯޓް ނުވަތަ ސަފާރީތަކުގައި ކައިވެނިކޮށް ދޭނެ ވަގުތު ކަނޑައަޅާނީ އެކަމަށް އެދި ހުށަހެޅުމުން ކަމަށް އެ ކޯޓުން ބުންޏެވެ.
މީގެ އިތުރުން ރޯދަ މަހުގެ ފުރަތަމަ ހަފްތާ އާއި ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި ކައިވެނިކޮށްދޭނެ ވަގުތުތައް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.
ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދެނީ
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ކައިވެނިކޮށް ދޭނެ
ބޭރު މީހުން ލައްވައި ކުރާ ކައިވެނި ރަޖިސްޓްރީކޮށްނުދޭނެ
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
މައިން ރޮނީ ހަރަދުނުދޭތީ، ބައްޕަ ރޮނީ ދަރި ނުފެންނާތީ
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ
މިދިޔަ މަހު މާލޭގައި 245 ކައިވެނި، 115 ވަރި