Roadha Mihaaru
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ

ފެމިލީ ކޯޓުން މައްސަލަ ނިންމަން ހޭދަވާ މުއްދަތު އަވަސްވެއްޖެ

09 މެއި 2023

ފެމިލީ ކޯޓުން މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމި މުއްދަތު އަވަސްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެމިލީ ކޯޓުން މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމި މުއްދަތު އަވަސްވެއްޖެ އެވެ.

އެ ކޯޓުން ބުނީ މިދިޔަ އަހަރު މައްސަލަތައް ނިންމަން އެވްރެޖްކޮށް 34 ދުވަސް ހޭދަވެފައި ވިޔަސް، މި އަހަރުގެ ފުރަތަމަ ތިން މަހު މައްސަލަތައް ނިންމަން ހޭދަވީ 20 ދުވަހެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 41 ޕަަސެންޓްގެ ކުރިއެރުމެއް ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ބުނިގޮތުގައި މިދިޔަ ތިން މަހު އެންމެ އަވަހަށް ނިންމީ ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކެވެ. އެފަދަ މައްސަލަތައް އެވްރެޖްކޮށް ހަ ދުވަސް ތެރޭގައި ނިމިފައިވާއިރު، ގެވެށި އަނިޔާގެ މައްސަލަތައް އަށް ދުވަސް ތެރޭގައި ނިންމާފައިވެ އެވެ.

އެންމެ ގިނަ ދުވަސް ހޭދަވަނީ ވަރިވުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި ކަމަށް ފެމިލީ ކޯޓުން ބުންޏެވެ. އެފަދަ މައްސަލަތަކުގައި ސުލްހަކުރަން މަސައްކަތް ކުރާ މަރުހަލާ ހިމެނޭ ގޮތަށް، މައްސަލަ ނިންމަން އެވްރެޖްކޮށް 27 ދުވަސް ހޭދަވާ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

މިދިޔަ އަހަރު ހަޟާނަތުގެ މައްސަލަތައް ނިންމަން އެވްރެޖްކޮށް 118 ދުވަސް ހޭދަވިޔަސް، މި އަހަރުގެ ފުރަތަމަ ތިން މަހު ވަނީ އެވްރެޖްކޮށް 56 ދުވަހުން މައްސަލަ ނިންމައިފަ އެވެ.