މިދިޔަ މަހު ފެމިލީ ކޯޓުގައި 195 ކައިވެނި ކުރިއިރު 127 މީހަކު ވަރިކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
22 ފެބުރުއަރީ 2023
މިދިޔަ މަހު ފެމިލީ ކޯޓުގައި 195 ކައިވެނި ކުރިއިރު 127 މީހަކު ވަރިކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ކުރި ކައިވެނީގެ އަދަދުގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދަކަށް ވަރި ކޮށްފައިވާއިރު، އެ ކޯޓަށް މިދިޔަ މަހު އެންމެ ގިނައިން ހުށަހެޅީ ވެސް ވަރީގެ މައްސަލަތަކެވެ.
ހިސާބުތައް ދައްކާގޮތުން ވަރީގެ 147 މައްސަލައެއް މިދިޔަ މަހު ހުށަހެޅިއިރު، ނުނިމި ހުރި މައްސަލަތަކާއެކު ވަރީގެ 166 މައްސަލައެއް މިދިޔަ މަހު ނިންމި އެވެ. އެންމެ ގިނައިން ހުށަހެޅީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.
ދެވަނައަށް އެންމެ ގިނައީ ކޯޓުން ބޭރުގައި ވަރިކުރުމަށްފަހު ވަރި ސާބިތުކުރަން ހުށަހެޅި މައްސަލަތަކެވެ.
މައްސަލަތަކުގެ ބާވަތުން އެންމެ ގިނައިން ހުށަހެޅީ އާއިލީ އެހެނިހެން މައްސަލަތަކާއި ހަރަދުގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުށަހެޅީ ސާބިތު ހަރަދުގެ މައްސަލަތަކެވެ.
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
މިދިޔަ މަހު 171 ކައިވެނި، 132 މީހުން ވަރި
މައިން ރޮނީ ހަރަދުނުދޭތީ، ބައްޕަ ރޮނީ ދަރި ނުފެންނާތީ
ފެމިލީ ކޯޓުން މައްސަލަ ނިންމާ މުއްދަތު އަވަސްވެއްޖެ
މިދިޔަ މަހު މާލޭގައި 190 ކައިވެނި، 117 ވަރި
ކައިވެނީގެ ރަޖިސްޓްރާއަށް ދެއަހަރު ފަހުން އަލުން ވަޒީފާ
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ