27 ސެޕްޓެމްބަރ 2023
ސިޔާސީ ގޮތުން ޕީޕީއެމާއި އެމްޑީޕީގެ ވާދަވެރިކަން ފުވައްމުލަކުގައި އަބަދުވެސް ބޮޑެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މި ރަށުގެ މެޖޯރިޓީ ހޯދީ ޕީޕީއެމް އެވެ. އެކަމަކު އަންނަ ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ނަތީޖާ އެނބުރޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި (ދޮންބެ) އާއި މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ޕީޕީއެމާއި އެމްޑީޕީގެ ވާދަވެރިކަން ފުވައްމުލަކުގައި އަބަދުވެސް ބޮޑެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މި ރަށުގެ މެޖޯރިޓީ ހޯދީ ޕީޕީއެމް އެވެ. އެކަމަކު އަންނަ ހޮނިހިރުދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ނަތީޖާ އެނބުރޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދާއި (ދޮންބެ) އާއި މޭޔަރު އިސްމާއިލް ރަފީގް ވިދާޅުވި އެވެ.
ދެވަނަ ބުރުގެ ވޯޓުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ފުވައްމުލަކަށް ވަޑައިގެން ކެމްޕޭން ޓީމްތަކާ ބައްދަލުކުރައްވައިފަ އެވެ. ކާމިޔާބީ ޔަގީންކޮށް، ފުރަތަމަ ބުރުގައި ވޯޓުލާން ނުނިކުމެ ތިބި މީހުން ނެރުމާއި ޑިމޮކްރެޓްސްއަށް ދިޔަ އެމްޑީޕީ މެމްބަރުންނާ އެކު މަސައްކަތްކޮށް، އިދިކޮޅުން ހަދާ ދޮގުތަކާއި ފިތުނަ އޮޅުންފިލުވައިދީގެން ވޯޓުލާ ދުވަހަށް ތައްޔާރުވާން އެދިވަޑައިގަތެވެ.
ފުރަތަމަ ބުރުގައި ސައިލެންޓްކޮށް ތިބި ބޭފުޅުން ނުކުމެ މަސައްކަތް އެބަކުރޭ. އެއީ ކާމިޔާބީއެއް ކަމަށް މިދެކެނީ. -- މެމްބަރު
ރައީސްގެ ބައްދަލުވުމަށް ފަހު މޭޔަރާއި މެމްބަރު "މިހާރު"އަށް ވިދާޅުވީ ދެވަނަ ބުރަށް ކެމްޕޭން ބަދަލުވެ, ވޯޓުލާން ނުނިކުމެ ތިބި މީހުން ވެސް ނުކުމެ ކެމްޕޭނާ ގުޅިއްޖެ ކަމަށެވެ. މިވެރިކަމުގައި ފުވައްމުލަކަށް ގެނެސްދިން ކުރިއެރުމާއި ތަރައްގީ ވޭތުވެދިޔަ 40 އަހަރު ވެސް ނުލިބުނު ކަމަށާއި އެ ތަރައްގީ ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ.
ފުވައްމުލަކުގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވައި ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
މޭޔަރު ވިދާޅުވި ގޮތުގައި މިފަހަރު ފުވައްމުލަކުން ބޮޑު ޕަސެންޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބޭނެ އެވެ. ފުރަތަމަ ބުރުގައި ފުވައްމުލަކުން އެމްޑީޕީއަށް ލިބުނީ ގާތްގަނޑަކަށް 36 ޕަސެންޓެވެ. އެމްޑީޕީގެ ގިނަ ބަޔަކު ވޯޓުލާން ނުނިކުތުމާއި އެމްޑީޕީގެ ފިކުރުގެ މެމްބަރުން ޑިމޮކްރެޓްސްގައި ތިބުމުން ވޯޓުތަކެއް ގެއްލުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އެމްޑީޕީގެ ފަޅިއަށް އަރައިފި ކަމުގެ ޔަގީންކަން މޭޔަރު ދެއްވި އެވެ.
"ޑިމޮކްރެޓްސްގެ ގިނަ ބަޔަކު އޮންބޯޑް ކުރެވިއްޖެ." ރަފީގް ވިދާޅުވި އެވެ.
ފުވައްމުލަކުގެ ކެމްޕޭން ޓީމްތަކާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ | އެމްޑީޕީ
ފުރަތަމަ ބުރަށް ބަލާއިރު ވެސް އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ނަތީޖާ އެއްކޮށްލުމުން ޕަސެންޓޭޖް ރަނގަޅު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
މި ސަރުކާރުން ކުރެވުނު ކަންކަން މަދުވެގެން ނޫން އެ ނަތީޖާ އައީ. ޕާޓީ ތެރޭގައި އޮތް ބައިބައިވުމުގެ އަސަރު. -- މޭޔަރު
މޭޔަރު ވިދާޅުވި ގޮތުގައި މި ވެރިކަން ދަމަހައްޓަން ފުވައްމުލަކަށް މުހިއްމުވާ ސަބަބުތަކެއް އެބަހުއްޓެވެ. މަގު ހެދުމާ އެކު ސްކޫލްތަކުގެ ކްލާސް ރޫމްތަކާއި މިސްކިތްތައް އެޅުމާ އެކު ވަރަށް ގިނަ ތަރައްގީގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ. ޓެންޑާ މަރުހަލާގައި ވެސް ގިނަ ކަންކަން ހުރި ކަން ފާހަގަކުރެއްވި އެވެ.
"މި ސަރުކާރުން ކުރެވުނު ކަންކަން މަދުވެގެން ނޫން އެ ނަތީޖާ އައީ. ޕާޓީ ތެރޭގައި އޮތް ބައިބައިވުމުގެ އަސަރު." މޭޔަރު ވިދާޅުވި އެވެ.
"މި ރަށަށް އަދިވެސް އެންމެ ރަނގަޅުވާނީ ރައީސް އިބޫ. އަޅުގަނޑުމެންނަށް މިދިޔަ ވެރިކަންތައް ފެނިއްޖެ, 30-40 އަހަރު ފެނިއްޖެ. އެއް ދައުރެއްގައި އެންމެ ގިނަ ކަންތައް ފުވައްމުލަކަށް ކުރީ މި ދައުރުގައި."
ފުވައްމުލަކުގެ ކެމްޕޭން ޓީމްތަކާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ | އެމްޑީޕީ
އޭނާ ވިދާޅުވި ގޮތުގައި 2005 ގައި ފުވައްމުލަކުގައި ހެދުނީ 2.5 ކިލޯ މީޓަރުގެ މަގެވެ. އެކަމަކު މިވެރިކަމުގައި އެކަނި 20 ކިލޯ މީޓަރަށް މަގު ހެދިއްޖެ ކަމަށް ވިދާޅުވި އެވެ.
މެމްބަރު ރަޝީދު ވިދާޅުވީ މުޅި ރާއްޖެއަށް ބަލާއިރު ވެސް އެއްވެސް ރަށެއް ތަފާތުނުކޮށް ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގިއްޖެ ކަމަށެވެ. ފުރަތަމަ ބުރުގައި މައްސަލައަކަށް ދިމާވީ އިދިކޮޅުން ވެރިކަން ހޯދަން ފެތުރި ފިތުނަވެރި ވާހަކަތައް ކަމަށް ވިދާޅުވި އެވެ.
"އޭގެ ސަބަބުން ރައްޔިތުންނަށް އޮޅުންއެރި. ތެދު ދޮގު އޮތީ ކިޔައިނުދެވި," އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގެ ކެމްޕޭން ޓީމްތަކާ ރައީސް ބައްދަލުކުރައްވަނީ. -- ފޮޓޯ | އެމްޑީޕީ
"ރައްޔިތުން ބޭނުމެއް ނުވޭ ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް އެނބުރިދާކަށް. އަޅުގަނޑުމެންނަށް ވުރެން މާބޮޑަށް ނުކުމެ, އޭރު ސައިލެންޓްކޮށް ތިބި ބޭފުޅުން މަސައްކަތް އެބަކުރޭ. އެއީ ކާމިޔާބީއެއް ކަމަށް މިދެކެނީ."
މޭޔަރާއި މެމްބަރު ރަޝީދު ވެސް ވިދާޅުވި ގޮތުގައި ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ފުވައްމުލަކުގެ ނަތީޖާ އިން ބޮޑު ތަފާތެއް ފެންނާނެ އެވެ. ތަރައްގީ އާއި ހަމަޖެހުން ދޫކޮށް އަނިޔާވެރިކަމާ އެކު ފަހަތަށް ދާން އެދޭ ރައްޔިތުން ފުވައްމުލަކުގައި ނުތިބޭނެ ކަމަށް އެ ދެ ބޭފުޅުން ޔަގީންކުރައްވަ އެވެ.
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ފުވައްމުލަކަށް ރައީސްގެ ބޮޑު ދެ ވައުދެއް!
ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް
އުންމީދުތަކާ އެކު ފުވައްމުލަކަށް ސިޔާސީ އީދެއް!
ފުވައްމުލަކުގެ 65 ޕަސެންޓް ނަންގަވާނީ ރައީސް: މޭޔަރު
ރައީސަށް، ފުވައްމުލަކުގެ މޭޔަރު ދެއްވީ އޭ ޕްލަސް
އެހެން އިންތިހާބުތައް ކާމިޔާބުކުރަން 2023 މުހިންމު!
ރައީސް ފުވައްމުލަކަށް، މާދަމާ ހުވަދު އަށް
އެމްޑީޕީ ނޫން ކެންޑިޑޭޓަކަށް ރައީސްގެ ތާއީދެއް ނެތް
ފައިސަލްގެ ޗެލެންޖް ޕީޕީއެމަށް!