Roadha Mihaaru
އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި

އެލައިޑުން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި

05 އޮކްޓޯބަރ 2023

އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި އެވެ.

އެ ކުންފުނިން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގްރޭޓާ މާލެ ސަރަހައްދުގެ 37 ސްކޫލަކަށް ޒިޔާރަތްކޮށް، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ވަނީ ކޭކު ހަދިޔާ ކޮށްފަ އެވެ.

އެލައިޑުން ބުނީ ޓީޗަރުންގެ ދުވަހުގެ ހާއްސަ ހަރަކާތެއް އެ ސްކޫލުން ކުރިއަށް ގެންދިޔައީ ޓީޗަރުން ކުރަމުން އަންނަ ހިދުމަތްތައް އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން އަންނަ ފަރާތްތައް ކަމަށާއި، ދަރިވަރުން ދެކޭ ހުވަފެންތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެނީ ޓީޗަރުން ކަމަށް ބުންޏެވެ.

އެލައިޑުން ބުނި ގޮތުގައި މި ފަދަ ދުވަހެއްގައި ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެކެވެ.

އެލައިޑަކީ އިޖުތިމާއީ މިފަދަ ކަންތައްތަކުގައި ބައިވެރިވުން ބޮޑު ކުންފުންޏެކެވެ.