Roadha Mihaaru
ޝްވެކްގެ ޓިކެޓު ލިބޭ އެލައިޑުގެ ޕްރޮމޯޝަނެއް

ޝްވެކްގެ ޓިކެޓު ލިބޭ އެލައިޑުގެ ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް

05 ޑިސެމްބަރ 2023

އެލައިޑު އިންޝުއަރެންސް އިން ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެލައިޑު އިންޝުއަރެންސް އިން ސޯޝަލް މީޑިއާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި އެ ކުންފުނީގެ ޕޭޖުގައި ހިމެނޭ، ސޯޝަލް މީޑިއާގެ ޕްރޮމޯޝަން ޕޯސްޓުކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ޝްވެކް ސިނަމާއިން ދެ ފިލްމު ޓިކެޓު ލިބޭނެ އެވެ. ޕްރޮމޯޝަންގެ މުއްދަތުގައި ކޮންމެ ހަފުތާއަކު ވެސް ދެ ޓިކެޓު ދޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގެ ޕޯސްޓު.

މި ޕްރޮމޯޝަނުގައި ބައިވެރިވާން އެލައިޑުގެ ސޯޝަލް މީޑިއާ އެކައުންޓު ފޮލޯކުރަން ޖެހޭނެ އެވެ. އަދި ޕްރޮމޯޝަންގެ ޕޯސްޓަށް ލައިކުކޮށް، ތިން މީހަކު ކޮމެންޓުގައި ޓެގުކޮށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތު ނެގުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު އެވެ.