ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
10 އޮކްޓޯބަރ 2023
ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާ ކުރިއަށް ދަނިކޮށް ދެ ގައުމަކަށް ސަފީރުން އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބަންގްލަދޭޝް އާއި ޔޫއޭއީ އަށް އާ ސަފީރުން ކަނޑައަޅަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ވަނީ ހުށަހަޅައިފަ އެވެ. މަޖިލީހުން މިއަދު ވަނީ އެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ވެރިކަން ބަދަލުކުރުމަށް ކުޑަ ދުވަސްކޮޅަކަށްވެފައިވަނިކޮށް، ސަފީރުން އައްޔަން ކުރުން ފަދަ ކަންކަން ކުރުމަކީ އަލަަށް އަންނަ ސަރުކާރަށް ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
"ދަތިތަކެއް ކުރިމަތިވާނެ އެކަމުގެ ސަބަބުން. އަޅުގަނޑުމެން އެދެނީ އެކަން އެގޮތަށް ނުކުރަން،" ފިރުޒުލް ވިދާޅުވި އެވެ.
ޔޫއޭއީގެ ސަފީރު ކަމަށް ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ މިދުފާ ނައީމް އައްޔަން ކުރަން ހުށަހެޅީ މިދިޔަ އޯގަސްޓު މަހުގެ 24 ވަނަ ދުވަހެވެ. ބަންގްލަދޭޝްގައި މިހާރު ހުންނެވި ދިވެހި ސަފީރު ޝިރުޒިމަތު ސަމީރުގެ ބަދަލުގައި ޝިއުނީން ރަޝީދު ހަމަޖައްސަން މަޖިލީހަށް ހުށަހެޅީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ ދެ ސިޓީ ވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ނުބޭއްވި، މަސައްކަތްތައް ނުހިނގައި އޮތުމަށްފަހު އެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި އިންތިގާލީ މަރުހަލާގެ ތެރޭ ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން ނުކުރުމަށް އެެދި އިއްޔެ ވާނީ ޕީސީބީ އަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
- ކުންފުނިތަކުން އާ މަޝްރޫއުތައް އިއުލާންކޮށް، ފެށުން
- ކުންފުނިތަކުން އާ އިންވެސްޓްމެންޓްތައް ފެށުން
- އެއްވެސް ބިމެއް ނުވަތަ މުދަލެއް ކުއްޔަށް ދިނުމާއި ވިއްކުން
- ލޯނު ނެގުން
- ވަޒީފާ އާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން
- ވަޒީފާތަކަށް އަލަށް މީހުން ނެގުމާއި މަގާމުގެ ކުރިއެރުން ދިނުން
- ދައްކަން ޖެހޭ އެއްވެސް ފައިސާއެއް މާފުކުރުން
- ހިންގާ ގަވައިދާއި އުސޫލުތަކަށް ބަދަލު ގެނައުން
ފިރުޒުލް ވިދާޅުވީ ރައްޔިތުންގެ ނިންމުމަކީ އާ ސަރުކާރަކާ ވެރިކަން ހަވާލުކޮށް، އާ ސިޔާސަތެއްގެ ދަށުން ގައުމު ހިންގުން ކަމަށާއި އެހެންކަމުން މި މުއްދަތުގެ ތެރޭގައި މި ސަރުކާރުން އާ މަޝްރޫއުތައް ފަށައި، މުވައްޒަފުން ނަގައި މުސާރަ ބޮޑުކުރާ ނަމަ، އަންނަ ސަރުކާރަށް އުނދަގޫވާނެ ކަމަށެވެ.
"އާ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމާއި މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެ. މި 37 ދުވަސް ތެރޭ މި ދެންނެވި ކަންކަން ކުރަންޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ވެސް ނެތް،" ފިރުޒުލް ވިދާޅުވި އެވެ.
އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
ހުވާކުރައްވާ ރަސްމިއްުޔާތުގައި 46 ގައުމެއްގެ މަންދޫބުން
ޖަލްސާއަށް ވަޑައިގަތުމަށް ޔާމީން ހުއްދައަކަށް ނޭދޭ
އާ ސަރުކާރުގެ 8 ކުންފުންޏެއްގެ އެމްޑީންނަށް އަންހެނުން