ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން (ޕީސީބީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި ޕްރޮޖެކްޓްތައް އަލުން ނުފެށުމަށާއި މުވައްޒަފުން ނެގުން މަޑު ޖައްސާލަން އެންގުމުން، އެ އިދާރާގެ މައްސަލަ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީ އެސްއޯއީ އިން ބަލަން ފަށައިފި އެވެ.
11 އޮކްޓޯބަރ 2023
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން (ޕީސީބީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާގައި ޕްރޮޖެކްޓްތައް އަލުން ނުފެށުމަށާއި މުވައްޒަފުން ނެގުން މަޑު ޖައްސާލަން އެންގުމުން، އެ އިދާރާގެ މައްސަލަ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅޭ ކޮމިޓީ އެސްއޯއީ އިން ބަލަން ފަށައިފި އެވެ.
އެސްއޯއީ ކޮމިޓީގައި މިއަދު ވަނީ މިއްސަލައާ ގުޅިގެން ޕީސީބީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އެސްއޯއީ ކޮމިޓީގެ މުގައްރިރު އަހުމަދު އީސާ ވިދާޅުވީ، ޕީސީބީން ރިޔާސީ އިންތިހާބަށް ފަހު ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމަށް ހުރަސްތައް އެޅޭ ގޮތަށް އެންގުންތައް އަންގަމުން ދާ ކަމަށެވެ. އެފަދަ އެންގުމެއް ކުންފުނިތަކަށް އެންގިންތޯ އާއި އެކަމުގައި އޮތް ގާނޫނީ ހުއްޖަތަކީ ކޮބައިތޯ އީސަ ވަނީ ސުވާލުކުރައްވައިފަ އެވެ.
ޕީސީބީގެ ނައިބު ރައީސް އަހުމަދު ފިރާޒް ވިދާޅުވީ، ބޯޑުގެ ކޯރަމަކީ ފަސް މެންބަރުން ކަމަށްވާ އިރު މިވަގުތު އެ އިދާރާގައި ތިއްބެވީ ހަތަރު މެންބަރުން ކަމަށެވެ. ޕީސީބީގެ ބޯޑުގައި ތިބެން ޖެހެނީ ހަތް މެންބަރުންނެވެ.
މިކަމާ ގުޅިގެން އީސަ ވިދާޅުވީ ކޯރަމް ހަމަ ނުވާ އިރު ޕީސީބީ ރަސްމީ ބައްދަލުވުމެއް މިހާރު ނުބޭއްވޭނެ ކަމަށެވެ. އަދި ބޯޑުގެ ބައްދަލުވުމެއް ނުބާއްވައި، މިފަދަ ސާކިއުލާއެއް ނެރެވޭނެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"މިވަގުތަށް ހާއްސަކޮށް ކުންފުނިތައް ހިންގަންޖެހޭނެ ގޮތް ބުނެ ސާކިއުލާއެއް ނެރެން ޖެހޭ ސަބަބެއް ނެތް. ކުންފުނިތައް ހިންގަން ޖެހޭނީ އަބަދުވެސް އޮންނަ އުސޫލުގެ ތެރެއިން. ރިޔާސީ ދައުރު ގޮސް ނޮވެމްބަރު 17 އާ ހަމައަށް ވެސް ވަކި މަރުހަލާއެއްގައި ވަކި ގޮތަށް ވަކި ކަންތައްތަކެއް ކުރާކަށް ގާނޫނަކުން އުސޫލަކުން ފެންނާކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އީސަ އެކޭ އެއްގޮތަށް ސަރުކާރަށް ނިސްބަތްވާ އެހެން މެންބަރުން ވެސް ވަނީ މިކަމާ މެދު ސުވާލު އުފައްދަވައި ޕީސީބީއަށް ސުވާލުތައް އަމާޒުކުރައްވައިފަ އެވެ.
ފިރާޒް ވިދާޅުވީ، ޕީބީސީ އަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ކަމާ އެކު ހިންގަމުން އަންނަ ބޯޑެއް ކަމަށެވެ. އޭނާ ވިދާޅުވީ، ބޯޑުގެ ނިންމުންތައް އަބަދުވެސް ނިންމަނީ، ގައުމަށް އެންމެ ރަނގަޅު ގޮތަށް، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ބޯޑުން އާންމުކޮށް ދެ ގޮތަކަށް ކަންކަން ނިންމާ އިރު، ބޯޑުން އަދި ބޯޑު ހިންގުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތުން ސާކިއުލާތައް ނެރެމުން އަންނަ ކަމަށާއި އަދި އެފަދަ ސާކިއުލާއެއް ނެރުމުގެ ފުރުސަތު ޕީބީސީ އަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާތަކާއި އުދާސްތައް އަންނަނީ ލިބެމުން. އަޅުގަނޑު އޮކްޓޫބަރު 4 ވަނަ ދުވަހު އިދާރީ މުވައްޒަފުންނާ މަޝްވަރާ ކުރުމަށްފަހު ކުރިން ވެސް ޕީސީބީން އަމަލުކުރަމުން އަންނަ ގޮތަށް ރިޔާއަތް ކޮށްފައި، ބޯޑުގެ ކޯރަމް ހަމަ ނުވުމާ އެކުގައި އެންމެންގެ މަސްލަހަތު ހިމާޔަތްކޮށް ސާކިއުލާއެއް ނެރުނީ،" އޭނާ ވިދާޅުވި އެވެ.
ފިރާޒް ވިދާޅުވީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެރުނު ސާކިއުލާއާ ގުޅިގެން ކުންފުނިތަކުން ގުޅައިގެން ކަންކަން އޮޅުންފިލުވުމުން އަލުން އިތުރަށް ތަފްސީލުކުރުމަށްފަހު ބުރާސްފަތި ދުވަހު ވަނީ އެ ސާކިއުލާ ފޮނުވައިފަ އެވެ.
ފިރާޒް ވިދާޅުވީ، އާ ޕްރޮޖެކްޓެއް ނުފެށުނު ނަމަވެސް، އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާ، ޕްރޮޖެކްޓެއް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
- ކުންފުނިން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އިތުރު ކަމެއް ނުކުރުން.
- ކުންފުނިން މުޅިން އަލަށް، ނުވަތަ ބޮޑު ހަރަދެއް ކުރަން ޖެހޭ އާ އެއްވެސް ކަމެއް ނުކުރުން
- ކުންފުނީގެ އާމްދަނީއަށް އަސަރު ކުރާނެ ގަވައިދުތަކަށް ބަދަލު ގެނައުން
- ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވައިދުތަކަށް ބަދަލު ގެނައުން
- ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް ބޮޑު ކުރުމުގެ ގަވައިދުތަކަށް އިތުރު ބަދަލެއް ނުގެނައުން
ޕީސީބީގެ ޒިންމާއަދާކުރޭތޯ މަޖިލީހުން ބަލަން ހުށަހަޅައިފި
އެސްއޯއީތަކަށް ނުލިބި ހުރި ފައިސާގެ ތަފްސީލު ހޯދަނީ
އައިލެންޑް އޭވިއޭޝަންގެ ލޯނުތަކާ ގުޅޭ ކޮމެޓީ ސިއްރު
ކުންފުނިތަކުގެ ބިލަށް ބަދަލެއް ނުގެނެސް ފާސްކޮށްފި
ކުންފުނިތަކުގެ އިސްލާހުގެ މަސައްކަތްތައް ނިންމާލައިފި
ޑިރެކްޓަރުން އައްޔަންކުރާ މުއްދަތު ކުރުކުރަން އިސްލާހެއް
ސްޓެލްކޯގެ ކުރީގެ އެމްޑީޝަރީފްގެ މައްސަލައެއް އޭސީސީއަށް
ޕީސީބީ އަށް ތިން މެންބަރުން އައްޔަންކޮށްފި
ކުންފުނިތަކަށް އެމްޑީ އިން ހަމަޖައްސަން ހުރަސްތަކެއް!
ސަފީރުން އައްޔަންކުރަން މަސައްކަތް ކުރާތީ ކަންބޮޑުވުން