ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ އޮރެންޖު އެލާޓެއް ނެރެފި އެވެ.
31 ޑިސެމްބަރ 2023
ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން ދެންމެ އޮރެންޖު އެލާޓެއް ނެރެފި އެވެ.
މެޓުން އެ އެ އެލާޓު ނެރުނީ މިއަދުގެ ހަވީރު 5:30 އާ ހަމައަށެވެ. އެ ވަގުތާ ހަމައަށް ކ. އަތޮޅުން އދ. އަތޮޅުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް، ހަވީރު 5:00 އާ ހަމައަށް ނ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ޔެލޯ އެލާޓު ވެސް ނެރެފަ އެވެ.
އޮރެންޖު އެލާޓް ނެރެފައި ވާއިރު، ރެއިން ފެށިގެން ބޯކޮށް ވެހެމުންދާ ވާރޭގައި މާލެ އާއި މާލެ އަތޮޅުގެ ބައެއް ރަށްތަކުގައި ވަނީ އާދަޔާ ހިލާފަށް ފެންބޮޑުވެފަ އެވެ. މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
ރެއިން ފެށިގެން މެދުކެނޑުމެއް ނެތި މާލެ އަށް ވެހެމުންދާ ބޯ ވާރެއާ ގުޅިގެން ބައެއް ކަންކަމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފަ އެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދަތުރުތަކަށް ވެސް ހުރަސް އެޅި ފްލައިޓްތައް ޖެއްސުމުގައި ބޮޑު ލަސްވުމެއް އެބައުޅެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު މެންދުރު ބުނީ، މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ވީ ކ. ގުރައިދު އަށް ކަމަށެވެ. އެ ރަށުގައި ފެންބޮޑުވެ 20 ގެ އަކަށް ފެންވަދެފައި ވާއިރު ހަތް ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ.
ވާރޭގައި މީގެ ކުރިން ވެސް ގުރައިދޫގެ ބޮޑު މަގުގައި ފެން ބޮޑުވެ އެވެ. އެކަމަކު މުޅި ރަށުގައި އެ ގޮތަށް، މި ފަހުގެ ތާރީހެއްގައި ފެން ބޮޑުވެފައިނުވާ ކަމަށް ގުރައިދޫ ކައުންސިލުން ބުންޏެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ބޮޑު ބަޔަކަށް މޫސުން ގޯސްވުމުން ރައްކާތެރިވާން އެދިއްޖެ
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
ފަސް ދުވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ކުދި އުޅަނދުތަކުގައި ކަނޑުދަތުރު ނުކުރަން އެދެފި
ކުރިއަށް އޮތީ މޫސުން ގޯސް 24 ގަޑިއިރު
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ