31 ޑިސެމްބަރ 2023
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މާލެ އަށް ބޯކޮށް ވާރޭ ވެހި ގާތްގަނޑަކަށް ހުރިހާ މަގުތަކެއްގައި ފެން ބޮޑުވުމުން މެދުކަނޑާލާފައިވާ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.
އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް މާލެ އަށް ބޯކޮށް ވާރޭ ވެހި ގާތްގަނޑަކަށް ހުރިހާ މަގުތަކެއްގައި ފެން ބޮޑުވުމުން މެދުކަނޑާލާފައިވާ ކަމަށް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިއަދު ބުނެފި އެވެ.
އަމީނީ މަގާއި އިއްޒުންދީން މަގާ ގުޅޭ ހިސާބަށް ތާރު އެޅުމަށް ފަހު، މަސައްކަތް މެދުކަނޑައިލީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ދިމާކޮށެވެ.
ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލައިފައި އޮތުމަށް ފަހު، އަލުން މަސައްކަތް ފެށީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ވީހާ ވެސް އަވަހަކަށް އެ މަގުގެ މަސައްކަތް ނިންމުމަށް އާރުޑީސީން އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.
އަމީނީ މަގު ހެދުމުގެ މަސައްކަތް މިވަގުތަށް ހުއްޓާލާފައި.-- ފޮޓޯ: އާރްޑީސީ
ނަމަވެސް އާރުޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މާލެ އަށް ވެހެމުންދާ ބޯ ވާރެއާ ގުޅިގެން، އަމީނީ މަގުގެ މަސައްކަތް ނުކުރެވި، މަޑުޖައްސާލާފައިވާ ކަމަށެވެ. މަސައްކަތް އަލުން ފަށާނެ ތާރީހެއް ނުބުނެ އެވެ.
ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، އަމީނީ މަގުގައި މިހާރު މަސައްކަތް ކުރާ ސަރަހައްދުގައި ހިނގައިބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ނުވާތީ، އެ ސަރަހައްދަށް އާންމުން ނުވަނުމަށް އާރުޑީސީން އިލްތިމާސްކުރި އެވެ.
އަމީނީ މަގު މިހާރު ހަދަމުން އަންނަ ސަރަހައްދުގެ އެކި ހިސާބުތައް ވަނީ ވަރަށް ބޮޑަށް ކޮނެފަ އެވެ.
މާލެއަށް ވެހެމުންދާ ބޯ ވާރެއާއިއެކު އަމީނީމަގުގެ މަސައްކަތް ނުކުރެވި ވަނީ މަޑު ޖައްސާލެވިފައެވެ. އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނަގާބިނގާވެ އުޅުމަށް އާންމުނަށް ރައްކާތެރި ސަރަހައްދަކަށް ނުވުމާއިއެކު، އެ ސަރަހައްދަށް އާންމުން ނުވެންނެވުމަށް މި ކުންފުނިން… pic.twitter.com/BaSCWnJYoB
— Road Development Corporation Ltd (@rdcmaldives) December 31, 2023
ރެއިން ފެށިގެން މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ހުރިހާ ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ގެ ތަކަށް ފެންވަދެ ގެއްލުން ވެފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި ތިނެއްގަ އެވެ. އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން ކުރީގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމި އެވެ.
މޫސުން ގޯސް؛ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް
ފެންބޮޑުވާނެ ކަމަށް ލަފާކޮށް، އޮރެންޖު އެލާޓް ނެރެފި
ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފި
ކުދި އުޅަނދުތަކުގައި ކަނޑުދަތުރު ނުކުރަން އެދެފި
ކުރިއަށް އޮތީ މޫސުން ގޯސް 24 ގަޑިއިރު
ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ
ކޯސްޓް ގާޑުގެ ހަތް އުޅަނދެއް އެކި ސަރަހައްދުގައި
ކޮޅިގަނޑުގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވެއްޖެ
އުދަ އަރާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް އެލާޓް
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި