Roadha Mihaaru
އިޒްރޭލް މީހުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލަނީ

އިޒްރޭލް ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް

14 އޮކްޓޯބަރ 2023

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތައް ކުށްވެރިކޮށް އެ މައްސަލާގައި ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ އިޒްރޭލުން ފަލަސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތިކޮށް އަންހެނުންނާއި ކުޑަ ކުދިން މަރަމުން ގެންދިޔުމަކީ ޓެރަރިޒަމްގެ ހަމަލާތަކެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފަލަސްތީނުގެ ދަރިފަސްކޮޅަށް އަމާޒުކޮށް އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާ ދެކޮޅަށް ދިވެހި ސަރުކާރަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށާއި ރާއްޖެ އަށް އިޒްރޭލް ރައްޔިތުން އެތެރެވުން މަނާ ކުރުމަށާއި އެ ގައުމުން އުފައްދާ އެކްސްޕޯޓް ކުރާ ހުރިހާ ބާވަތެއް ރާއްޖެ އެތެރެ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވެސް އެ ގާރާރުގައި ބުނެފައިވެ އެވެ.

"...ރާއްޖެ އާއި އިޒްރޭލް ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ ހުރިހާ ގުޅުންތައް ވަގުތުން ސަސްޕެންޑް ކުރުމަށާއި އިޒްރޭލުން ހިފަމުންދާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފައިބާ މެދުއިރުމަތީގައި ސުލްހަ ގާއިމް ކުރެވެންދެން މި ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު،" އެ ގަރާރުގައި ބުނެފައިވެ އެވެ.

އިޒްރޭލްގެ ލާއިންސާނީ ހަމަލާތައް ކުށްވެރި ކުރުމާއި ފަލަސްތީންގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި ރައްޔިތުންގެ މަޖިލީހުން މި މައްސަލާގައި ދެކޭ ގޮތް ބައިނަލްއަގުވާމީ މުޖްތަމައު އަށް ހާމަ ކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ދިވެހި ސަރުކާރުން ވެސް ވަނީ އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ކަމަށް ބުނެ އެ މައްސަލަ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ފަލަސްތީންގެ ރައްޔިތުންނާއެކު ތިބި ކަން ހާމަ ކޮށްފަ އެވެ.