އިސްލާމީ އުއްމަތް ނިކަމެތިވެފައިވާ ހާލަތާ މެދު ހިތާމަކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
16 އޮކްޓޯބަރ 2023
އިސްލާމީ އުއްމަތް ނިކަމެތިވެފައިވާ ހާލަތާ މެދު ހިތާމަކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން، އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ ދުނިޔޭގެ ކޮންމެ ތާކު ހުރި ކަމުގައި ވިޔަސް މުސްލިމުންނަކީ ލޭގެ ގުޅުމާއި ރަހިމުގެ ގުޅުމަށް ވުރެ މާތް ގުޅުމެއްގެ ބައެއް ކަމަށެވެ. މައިންބަފައިންގެ މައްޗަށް އަދާކުރަންޖެހޭ ހައްގުތައް ވެސް، މުސްލިމަކަށް ވީތީ އަދާކުރަންޖެހޭ ހާލަތްތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަމަލުތަކަށް އަމާޒު ކުރައްވައި ދީނީ އިލްމުވެރިޔާ ވިދާޅުވީ އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައި އޮތް ހާލަތު މުސްލިމަކަށް ވީތީ ހިތާމަކުރަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
އެކަމުގެ ހަގީގަތަކީ އީމާންކަން ބަލިކަށިވެފައި އޮތް މިންވަރު އަދި މުސްލިމް އުއްމަތާ ދޭތެރޭގައި އިހުސާންތެރިކަން ނެތް މިންވަރު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި، ސްކޫލު ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ އެ އިހުސާންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި ހާއްސަކޮށް މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު ފިކުރު ކުރަންޖެހޭ ކަމަށެވެ. އަގްޣާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮން، އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވާއިރު، 3،000 އެއްހާ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރެއްވި އެވެ.
އެއްބަނޑު އެއްބަފާ މީހަކަށް މި ކަހަލަ ކަމެއް ދިމާވާއިރު މަޑުން ތިބެވޭނެތޯ ސުވާލު އުފައްދަވައި އިމްރާން ވިދާޅުވީ މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި އެއް ގުނަވަނުގައި ވޭން އެޅުމުން މުޅި ހަށިގަނޑު ނިދިން މަހުރޫމް ކުރާ ކަމަށެވެ. މި އުއްމަތަށްޓަކައި ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ.
މުއުމިނު އަޅަކު، އޭނާ ނެތް ތަނުގައި ކުރާ ދުއާ އިޖާބަ ކުރައްވާ ކަމަށާއި މާތްﷲގެ މަގުގައި ހޭދަކުރެވެން ހުރި ވަރަކަށް ހޭދަކޮށް، ފަލަސްތީނަށް އެހީވުމަށް އިމްރާން އެދިވަޑައިގަތެވެ.
އިސްލާމީ އުއްމަތުގައި ދެ ބިލިއަން މީހުން އުޅޭއިރު، އެ ދީނަށް އަލަށް ވަންނަ މީހުން ވަރަށް ގިނަވިޔަސް، މިނިސްޓަރު ވިދާޅުވީ، އެއީ ވަރަށް އުނދަގޫ އަދި ވަރަށް ގިނަ ކަންކަން ދަސްކޮށްގެން އުޅޭ ދީނެއްކަމަށް ޒުވާނުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، އެ ދީނަށް އަސްލު ވަނުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މި އޮތް އިސްލާމް ދީން އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭން ޖެހޭ ކަމަށާއި ދީން ފަތުރައި ދީނަށް ލޯބި ޖެއްސިއަސް އެންމެންނަކީ އެއް ވަރަށް ދީން އެނގޭނެ ބައެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެކަމަކު، އެކަމާ ހުރެ އަނެކުންގެ މައްޗަށް ބަދު ބަސް ބުނެ، ނިކަމެތިކޮށް އިހާނެތި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީން މީހުންނަށް އިންސާފު ހޯދައިދޭން ގޮވާލައްވައިފި
އަގްސާގައި ފައްޅި އަޅަން ގޮވާލުން ކުށްވެރިކޮށްފި
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ބިލެއް ހުށަހަޅައިފި
ފަލަސްތީނަށް ކުރާ ތާއީދަށް ބަދަލެއް ނާންނާނެ: ރައީސް
އިޒްރޭލު ޕާސްޕޯޓު މަނާކުރަން މަޖިލީހަށް ޕްރެޝަރު ކުރަނީ
ފަލަސްތީނުގެ އޮނަރަރީ ކައުންސުލްއާ ޝާހިދު ބައްދަލުކޮށްފި
އިޒްރޭލު މީހުންނާއި އިމްޕޯޓު މަނާކުރަން ގޮވާލައިފި
ރާއްޖެއިން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ފޮނުވަނީ
ރާއްޖެ ކުޑަޔަސް ފަލަސްތީނަށްޓަކައި އުފުލާ އަޑު ގަދަ
ފަލަސްތީނުގެ ހައްގުގައި ގިނަ ބަޔަކު މާލޭގެ މަގުތަކަށް